އިނގިރޭސިވިލާތުގެ އަމީރު ޑިއުކް އޮފް ސަސެކްސް ހެރީ، ޝާހީ މަގާމު ދޫކޮށްލަން ނިންމުމާ ގުޅޭ ސީދާ މަޝްވަރާތައް މިއަދުގެ ވަގުތެއްގައި ފެށުމަށް ހަމަޖައްސާ، އެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިސްވެރިންނަށް ރާނީ ދައުވަތު އަރުވައިފިއެވެ.

މިމަޝްވަރާތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ވަލީއަހުދު ޗާލްސްއާއި ޑިއުކް އޮފް ކޭމްބްރިޖް ޕްރިންސް ވިލިއަމްއަށް ދައުވަތު އަރުވާފައިވާއިރު، މިވަގުތު ކެނެޑާގައި ހުރި ޑަޗަސް އޮފް ކޭމްބްރިޖު ބައިވެރިވާނީ ފޯނު މެދުވެރިކޮށް ކަމަށް ޚަބަރު ލިބެއެވެ.

ޑިއުކް އެންޑް ޑަޗްސް އޮފް ކޭމްބްރިޖު ވަނީ، އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ދީފައިވާ އިސް މަގާމުތައް ދޫކޮށްލަން ނިންމާ، އެކަން އިއުލާންކޮށްފައެވެ.

ޝާހީ އާއިލާގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުރަވާ ގޮތުގައި، މިއަދު ކުރިއަށް ގެންދާ މަޝްވަރާތަކަކީ ޝާހީ މަގާމު ދޫކޮށްލުމަށްފަހު ހެރީގެ ދެމަފިރިންނާ ޝާހީ އާއިލާ ދެމެދު އޮންނަ ގުޅުން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނެ ބައްދަލުވުމެކެވެ. ނަމަވެސް މިކަން ކުރަންވެސް ބޮޑެތި ގޮންޖެހުންތަކެއް ގިރާކުރަންޖެހޭނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ކަންމިހެން އޮތްއިރު ޑިއުކް އޮފް ކޭމްބްރިޖު ވަނީ އެއްބަނޑު އެއްބަފާ ކޮއްކޮއާއި ގުޅުން ހީނަރުވަމުންދާތީ އެކަމާ ހިތާމަ ކުރާކަން ހާމަކޮށްފައެވެ.