ކ. އެރިޔަދޫ އައިލެންޑް ރިސޯޓުގައި މަރުވެފައި އޮއް ގެސްޓަކު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 60 އަހަރުގެ ޖަރުމަނު ފަތުރުވެރިއެކެވެ.

ފުލުހުން ބުނީ، އެރިޔަދޫ ރިސޯޓު ކޮޓަރިއެއްގައި 60 އަހަރުގެ ރަޝީޔާ ފިރިހެނެއް މަރުވެފައި އޮތް ކަމަށް ބެލެވޭ ކަމަށް މިއަދު މެންދުރު 2:22 ހާ އިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފަތުރުވެރިއަކު މަރުވެފައި އޮތްކަމަށް މައުލޫމާތު ލިބުމާއެކީ ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސްފައިވާ ކަމަށާއި އަދި އެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު ގއ. ކޮނޑޭ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު މަރުވެފައި އޮއްވާވެސް ވަނީ ފެނިފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހެނދުނު އޭނާ ނުހޭލައިގެން ގޮސް ވެލި އިރު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.