ލޯކަލް ކައުންސިލް އިންތިހާބުގާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕްރައިމަރީ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފައި ވާ ކަމަށް އެ ޕާޓިން ބުނެފިއެވެ.
ޖޭޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމަރީ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފައި ވާ ކަމަށެވެ
މި އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި ހަ ދާއިރާއަކުން ޖޭޕީ އިން ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
- ރަށު ކައުންސިލް
- ރަށު ކައުންސިލްގެ ރައީސް
- އަތޮޅު ކައުންސިލްގެ ރައީސް
- ސިޓީ ކައުންސިލާ
- ސިޓީ ކައުންސިލުގެ ރައީސް
- އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމެޓީ
ޖޭޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 20:20ގެ ކުރިން ޕާޓީގެ މައި އޮފީހަށް، ހުށަހެޅުމަށް އިއުލާނުގައިވެއެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވެސް މިހާރު ވަނީ ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ކައުންސިލް އިންތިހާާބާ ގުޅިގެން އެ ޕާޓީން ބާއްވާ ޕްރައިމަރީ އޮންނަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ވަނީ ހާއްސަކޮށްފައެވެ.