ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި އަހަރުގެ ރިޔާސީ ބަޔާން ދެއްވުން، އަންނަ މަހުގެ 3 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވާނެ ކަމަށެވެ. އަދި އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ހަމަޖައްސާފައިވާ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މިފަހަރު އޮންނާނީ ރައްޔިތުންގެ މަޖިލީހުގަ އެވެ. މިދިޔަ އަހަރު އެ ޖަލްސާ އޮތީ ދަރުބާރުގޭގައެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ރިޔާސީ ބަޔާނުގައި އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާން ނިންމާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެއެވެ.
މިއީ ރައީސް ސޯލިހު ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފަށަން ބާއްވާ ފުރަތަމަ ޖަލްސާއެވެ. އެގޮތުން ސަރުކާރުން މުޅި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ.