މާލޭގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ވުޟޫކުރާތަން ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައި ވަނީ، ޝަހީދު އަލީ މިސްކިތުގެ ވުޟޫކުރާތަން ތާހިރުކޮށް ބެލެހެއްޓެންޖެހޭ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކައި ގުޅިގެންނެވެ.

އެ ޓްވީޓުގައި ފެންނަ ގޮތުން އެ މިސްކިތުގެ ވިޞޫކުރާތަނުގެ އިސްކޫރުތަކުގައި ހުރި ހޮޅި ތަކުގެ ކުލަ ބަދަލުވެ، މުށިތަކުގެ ކުލަވެސް ވަނީ ބަދަލުވެފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޝިފާ ވިދާޅުވެފައި ވަނީ މިސްކިތްތައް ބެލަހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިއްބެވި ކައުންސިލަރުންނަށް އެ މިސްކިތުގެ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލަމުންދާ ކަމަށެވެ.

އެ މިސްކިތާއި ގުޅިގެން ކޮަށްފައިވާ ޓްވީޓުން ޝިފާއަށް އަދި މާލޭ ސިޓީ ކައުންސިލަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒު ވެފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލް ވަނީ ފެއިލް ވަފައި ކަމަށާއި ރަނގަޅު ކުރަންޖެހޭ ހަމައެކަނި ކަމަކީ ވުޞޫކުރާ ތަން ރަނގަޅުކުރުން ނޫން ކަމަށްވެސް ބައެއް މީހުން ބުނެއެވެ. އަދި މާލޭގެ މިސްކިތްތަކުގެ ފާހަނާ ތަކަކީ އާންމު ފާހަނާބަރި ތަކަކަށް ވެފައި ވާ ކަމަށްވެސް ބުނެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.