ދުނިޔޭގެ ވެއްޓަށް ކުރިމަތިވެފައިވާ މޫސުމީ މައްސަލަތަކަށް ބިނާކުރަނިވި ހައްލު ހޯދުމަށް އެންމެ އެދެވޭ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ އިނާމެއް ދިނުމަށް އިނގިރޭސި ޑިއުކް އެންޑް ޑަޗަސް އޮފް ކޭމްބްރިޖު، އަމީރު ވިލިއަމްގެ ދެމަފިރިން ނިންމާ، އެކަން އިއުލާންކޮށްފިއެވެ.
2021 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކުވެސް 5 ފަރާތަކަށް ދިނުމަށް ހާއްސަކޮށްގެން ވިލިއަމްގެ ދެމަފިރިން އިއުލާންކޮށްފައިވަނީ 'އާތްޝޮޓް ޕްރައިޒް'އަކީ ޖަމިއްޔާއަތަކާ ފަރުދީ ފެންވަރުގައިވެސް ހާސިލުކުރެވޭނެ އެވޯޑްތަކެކެވެ.
'އާތްޝޮޓް ޕްރައިޒް'އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑަކަށްވާއިރު، މިއެވޯޑްގެ އިއުލާން ކިޔައިދީފައިވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ރޮނގުން މީހުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މަޝްހޫރު އަޑުގެ ވެރިޔާ ޑޭވިޑް އެޓެންބަރޯއެވެ.
ވިލިއަމްގެ ދެމަފިރިންގެ ފަރާތުން 50 ފަރާތަކަށް ދޭ ފައިސާގެ އިނާމަކީ، 60 އަށްވުރެ ގިނަ ޖަމިއްޔާއާއި މަޝްވަރާކުރުމަށްފަހު ތައާރަފުކޮށްފައިވާ އެވޯޑެކެވެ.