ރ. ކިނަޅޮހު ގޮނޑުދޮށުގައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުސް ބުނީ ކިނަޅޮހު ގޮނޑުދޮށުގައި އުމުރުން ދުވަސްވީ ފިރިހެންކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދާން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިނޮޅަހު މީހަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މަރުވެފައި ވަނީ ގާތްގަނޑަކަށް އުމުރުން 70 ވަނަރަކަށް އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި މި މީހާ އަކީ ކޮންމެ ދުވަހަކުވެސް މޫދަށް ގޮސްއުޅޭ މީހެއް ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެތަށުގައި ދޯނި ބަނުމުގެ މަސައްކަތް ކުރަން އުޅޭ ބަޔަކަށް ކަމަށެވެ.