ބިޔަރު ދަޅުތަކާ އެކު ކ. މާފުށިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ 7:20 ހާއިރު މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ބަނދަރުމަތީ ހުރި ބިދޭސީއަކަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާފާސްކުރިއިރު ހަތް ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ކަމަށް ފުލުހުން މައުޅުމާތުދެއެވެ.

މިމީހާ ހައްޔަރުކޮށް، ފުލުހުންނަށް ލިބުނު މައުޅުމާތަކާއި ގުޅިގެން ރޭ 9:35 ހާއިރު އޭނާ ދިރިއުޅެމުންދާ ގެ ބަލާފާސްކުރިއިރު، އެކި ބްރޭންޑްތަކުގެ 42 ފުޅި ބަނގުރާ އަދި 203 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ.