ލަންޑަންގައި ހުންނަ އިނގިރޭސިވިލާތުގެ ސިއްރު ޖާސޫސީ ޔުނިޓް (އެމްއައި6)ގެ މަރުކަޒީ އިދާރާގެ ފްލޯޕްލޭންތައް ގެއްލިއްޖެއެވެ.

މި ފްލޯޕްލޭންތައް ގެއްލިފައި ވަނީ، އިމާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންތަކެއްގެ އަތުން ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގެއްލުނު ފްލޯޕްލޭންތަކަކީ އިމާރާތުގެ އެތެރޭގެ ތަންތަން ހުރި ނެތް ގޮތް ބަޔާންކޮށްދޭ، ހައްސާސީ މުހިންމި ލޭއައުޓްއެއް ކަމަށާ، އިމާރާތަށް ވަދެ ނިކުމެވެން ހުރި ހުރިހާ މަގުތަކެއްވެސް އެ ޕްލޭނުން އެނގިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފްލޯޕްލޭންތައް ގެއްލުވާލި ކުންފުނިން މިހާރު އެމްއައި6ގައި މަސައްކަތް ކުރަމުން ނުދާކަމަށްވެސް ޚަބަރު ލިބެއެވެ. މީގެ ހަފުތާތަކެއް ކުރިން ގެއްލުނު ކަމަށް ބުނާ އެ ފްލޯޕްލޭންތަކަކީ، އިމާރާތުގެ މަރާމާތުގެ މަސައްކަތަށް އެ ކުންފުނިން އެކުލަވާލި، އެ ކުންފުނީގެ އަމިއްލަ ފްލޯޕްލޭންތަކެކެވެ.

އިނގިރޭސިވިލާތުގެ ހާރިޖިއްޔާއިން ބުނީ، ޖާސޫސީ މަސްލަހަތު ހުރި ކަންކަމުގައި އެ ވުޒާރާއިން ބަސް ބުނެ ނުހަދާނެ ކަމަށެވެ. މިކަމުގައި ޝާމިލުވާ ކުންފުނިންވެސް ބުނީ، މިއީ ހައްސާސީ މައްސަލައެއްކަމުން، އެކަމާ އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

މި ހާދިސާއަކީ ހަސަދަވެރިކަމުގެ ތެރެއިން ހިނގި ކަމަކަށް ވުރެ ބޮޑަށް، ފަރުވާ ކުޑަވެގެން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށް އިނގިރޭސި މީޑިއާތަކުން ވަކާލާތު ކުރެއެވެ.