ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައި ގިނަ އަދަދެއްގެ ރެޑްބުލް ކޭހާއި ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައި ވައްކަން ކުރި ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.
އެ ގުދަނުން ވަގަށް ނަގާފައި ވަނީ ގިނަ އަދަދެއްގެ ރެޑްބުލް އަަދި ސިނގިރޭޓު ކޭސްތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނި ގޮތުގައި ވަގަށް ނެގި ރެޑްބުލް ކޭސްތަކުގެ ތެރެއިން ހަތަރު ކޭސް މިހާރު ވަނީ ހޯދައިފައެެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.