ބ. ކެންދޫގައި ކުޑަ ދޯންޏެއްގައި ކަނޑުމައްޗަށް ނުކުތް މީހަކު ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ކެންދޫއަށް ނިސްބަތްވާ ވަކީލެއް ކަމަށްވާ އަބްދުﷲ އަލީ އެވެ. އޭނާ ހޯދަން ފެށީ މިއަދު ހަވީރު ކުޑަ ދޯންޏެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ފަހުން ހަބަރެއް ނުވެގެނެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ.

އަބްދުﷲ އަލީ އަކީ އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ސައުދުﷲ އަލީގެ ކޮއްކޮ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ޝެއިޚް ނަސްރުﷲ އަލީގެ ބޭބެއެވެ.