އަންނަ އަހަރުގެ ފަތުރުވެރި ކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިނަމާފައި ވާކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައި ވާ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމަށް ރަށެއް ވަށާ ޑައިވް ކޮށްގެން 'ހިއުމަން ރިންގް' އެޅުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އެއީ އެއްފަހަރާ ގިނަބަޔަކު ޑައިވް ކޮށްގެން އެކަކު އަނެކަކު އަތުގުޅާލެވޭ ގޮތަށް (ހިއުމަން ރިންގް) ކަމަށާއި އެއީ އަންނަ އަހަރުގެ ޓޫރިޒަމް ދުވަހާ ގުޅޭ ހަރަކާތެއް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ވޯލްޑް ރެކޯޑް ފޮތަށް އަރާނެ މަސައްކަތަކަށް ވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުވަދޫ އަތޮޅުގައި "ފިޝިންގް ޓޫރިޒްމަ" ތައާރަފް ކުރުނުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް އަލީ ވަހީދު ވިދާލުވިއެވެ. އެގޮތުން މި މަސައްކަތަކީ މަސްވެރި ކަމާއި ފަތުރުވެރިކަމާއި ގުޅުވުމަށް އެޅިގެނަދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާގެ ވާހަކައިގާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަންނަ އަހަރުގެ ފަތުރުވެރި ކަމުގެ ދުވަހާ ގުޅުވައިގެން ބައިސްކަލު ދުއްވުމުގެ ޕްރޮގްރާމެއް ރާވާފައި ވާ ކަމަށާއި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ ތަފާތު މަންޒިލްތަށް އިސްތިހާރު ވެގެން ދާނެ ކަމަށްވެސް އޭނާގެ ވާހަކަގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަށް އިސްކަމެއް ދެއްވާ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މި އަހަރުވެސް ވަނީ ފަތުރުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ނޭވާ" ގެ ނަމުގައި ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވޯލްޑް ރެކޯޑް ވަނީ ގާއިމުކޮށްފައެވެ. ފްރީޑައިވިންގް ރެކޯޑް ގާއިމުކުރުމަށް ބޭއްވި ހަރަކާތް ބާއްވާފައިވަނީ ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ.