އާ އަހަރާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަސް ދުވަހަށް ބަންދު ކުރަން ނިންމައިފިއެވެ.

ބީއެމްއެލް ބުނީ، އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ބްރާންޗުތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް، އޭޓީއެމް އާއި ފޯނުން އަދި އެ ބޭންކުގެ ފޭސްބުކް އާއި ޓުވިޓާ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކްގެ ބްރާންޗްތައް ހުޅުވޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށްވެސް އެބޭންކުން ބުނެއެވެ.

ބޭންކްތަކުގެ އޮޑިޓް މަސައްކަތަށް ކޮންމެ އަހަރެއްގެ އެންމެ ފަހު ރަސްމީ ދުވަހަކީ ބޭންކްތަކާއި އެމްއެމްއޭ ބަންދު ދުވަހެކެވެ.