ދީނީ ހަރުކަށި ފިކުރުގެ މީހުން ބަލާ ފާސްކޮށް ހައްޔަރުކުރަމުން ދާތީ ރ. ދުވާފަރުން 4 ފިރިހެނަކު ފުރައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވާފަރުގައި ދިރިއުޅޭ އެހެން ރަށަކަށް ނިސްބަތްވާ 4 ފިރިހެނުން ފުރާފައި ވަނީ އެ ރަށަށް އެމްއެންޑީއެފުން އަރާ ރަށް ބަލާ ފާސްކުރަން އުޅޭ ކަމުގެ ހަބަރު ތުންތުންމަތިން ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
ދާދި ފަހުން ރ. މަޑުއްވަރީއަށް އަރާ އެރަށުގެ ބައެއް ގެތަކާ އޮޑިދޯނިފަހަރު ސިފައިން ވަނީ ބަލާ ފާސްކޮށްފައެވެ. އެހެންކަމުން ދެން ސިފައިން އެންމެ އަވަހަށް ބަލާ ފާސްކުރުމަށް އަރާނީ އެރަށަށް ކަމަށް އެ މީހުންނަށް ލަފާ ކުރެވޭ ކަމަށް ބަލައި އެމީހުން ވަނީ ރޭ ފުރި ބޯޓަކުން ފުރައިގެން ގޮސްފައިކަމަށް އެ ރަށު މީހުން މައުލޫމާތު ދެއެވެ.
ރޭ ސިފައިންނާއި ފުލުހުން ދުވާފަރަށް އެރިކަމުގެ ހަބަރު ސޯޝަލްމީޑިއާގައި އާންމުވުވެފައި ވީ ނަމަވެސް ފުލުހުންވަނީ އެކަން ދޮގުކޮށްފައެވެ. ފުލުހުން ބުނީ ފުލުހުންގެ އެއްވެސް އޮޕަރޭޝަނެއް ރޭ ދުވާފަރުގައި ކުރިއަށް ނުގެންދާ ކަމަށާއި އަދި ފުލުހުން އެރަށަށް ރޭ ނާރާ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ، އެރަށުގައި އެފަދައިން ހަރުކަށި ފިކުރުގެ މީހުންތަކެއް ދިރިއުޅެމުން ދާ ކަމަށެވެ. އެމީހުންނަކީ އެ ރަށުގެ މިސްކިތަށް ނަމާދުކުރަން އަރާ އިރުވެސް ވަކި އިމާމަކު ހުރިއްޔާ މިސްކިތަށް ޖަމާއަތުގައި ނަމާދުކުރަންވެސް ނާރާ ބައެއް ކަމަށް އެރަށު މީހަކު ބުނެއެވެ. ނަމަވެސް އެމީހުން ބޭނުންވާ ވަކި އިމާމަކު އިމާމުވެ ނަމާދުކުރާ ނަމަ އެމީހުން ޖަމާއަތުގައި ނަމާދުކުރަން މިސްކިތަށް އަރާ ކަމަށާއި އެހެން ނޫނީ އެމީހުން ވަކިން ޖަމާއަތުގައި ނަމާދުކޮށް އުޅޭކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން އެރަށުގައި މިފަދައިން އުޅޭ މީހުން ކުޑަކުދިންނަށް ވެކްސިން ނުދީ ގެންގުޅޭ ކަމަށާއި އަދި ބަލި ވުމުން ބޭސްފަރުވާ ކުރުމަށްވެސް ހޮސްޕިޓަލަށް ނުދާކަން އެމީހާ ފާހަގަކޮށްފައި ވެއެވެ. ކަންމިހެން އޮތް އިރު އެ އާއިލާތަކުގައި އުޅޭ މީހުން ބަލިވެއްޖެ ނަމަ ހަދަނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެރަށުގައި ހިޖާމާ ޖަހާ ކަމަށާއި އެހެނިހެން ދިވެހި ބޭސްވެސް ބޭނުންކޮށް އުޅޭ ކަމަށެވެ.
ދުވާފަރުގެ މި ވާހަކަތައް ހިއްސާކުރި އިތުރު މީހަކު ބުނިގޮތުގައި އެރަށުގައި ސްކޫލަށް ނުފޮނުވާ ގޭގައި ބައިތިއްބައިގެން ގެންގުޅޭ ކުދިން ނުފެންނަ ކަމަށެވެ.
އެރަށުގެ އެހެން މީހަކު ބުނި ގޮތުގައި ކުރީގައި ދުވާފަރުގެ ރަށުގެ ތަރައްގީއަށް ކަންކަން ކުރުމަށްވެސް ހުރަސްތައް ކުރިމަތިވެފައި ވެއެވެ. އެ ގޮތުން ރަށުގައި ގެސްޓްހައުސް އަޅައިގެން ހިނގުމުގެ ވާހަކަތަކާ ގިނަ ބަޔަކު ދެކޮޅު ހަދާ ކަމަށާއި ކުރީގެ ކައުންސިލުންވެސް އެކަމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ. ސަބަބެއް ކަމަށް ބުނަނީ އޫރުމަހާއި ބަނގުރާ ވިއްކުމާއި ޒިނޭ ކުރުމަށް ދޮރުހުޅުވައި ދެވެނީ ކަމަށް އޭރުގެ ރަށު ކައުންސިލުން ބުނެފައިވާ ކަމަށް އެމީހާ ކިޔައިދިނެވެ.
ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަތައް ފެންމަތިވެގެން އައިސްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޑުއްވަރީގެ ލަނޑާ ނަގަންދާ ދޯންޏެއްގައި ހިނގި މާރާމާރިއެއްގެ ފަހުންނެވެ. ބައިއަތު ހިފަން އެއްބަސް ނުވުމުން 23 އަހަރުގެ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ކަމަށް ބުނެއެވެ. ނަމަވެސް ފަހުން ތިލަވި ހަބަރުތަކުގައި ހުރީ އޭނަ ވައްކަމެއް ކޮށް އެކަމަށް އެއްބަސް ނުވުމުން ހަމަލާ ދިނުމާއެކު އޭނާ ފިލަން މޫދަށް ފުންމާލައިގެން ފަތާފައި ގޮސް އއ. މާޅޮހަށް އެރީ ކަމަށެވެ.
މި މައްސަލައަށް ފަހު ދެން ފެންމަތިވެގެން ދިޔައީ ހައްމާދު ކޯޓުން ބޭރުން ކުޑަކުއްޖަކާ ކައިވެެނިކޮށްގެން އުޅޭ ހަބަރެވެ. 12 އަަހަރުގައި އެ އަންހެންކުއްޖާ ބަލިވެ އިނދެ 13 އަހަރުގައި ވިހާފައިވާ ކަމެވެ. މިހިސާބުން ދެން ފެންމަތިވެގެން އައީ ރ. މަޑުއްވަރީގައި ހަރުކަށި ދީނީ ފިކުރުގެ ބައެއް އުޅެމުންދާ ކަމަށާއި އެމީހުންގެ ބެލުމުގެ ދަށުގައި އެތައް އަންހެނުންނަކާއި ކުޑަކުދިންތަކެއް އަސާސީ ހައްގުތަކުން މަހްރޫމްވެފައި ތިބި ވާހަކަތަކެވެ.
ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ އާއި ދީނީގޮތުން ހަރުކަށި ވިސްނުންތަކުގެ ތެރެއިން ފެންމަތިވި ކަންކަން ބެލުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ޓާސްކް ފޯހެއް އުފައްދާފައެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ސިފައިންނާއި ފުލުހުން މަޑުއްވަރީއަށް ގޮސް، ކޯޓް އަމުރެއްގެ ދަށުން އެރަށުގެ ގެތައް ބަލައި ފާސް ކުރަމުންދަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ ހާއްސަ އޮޕަރޭޝަަނެއްގެ ދަށުންނެވެ. އެ އޮޕަރޭޝަންގައި މަޑުއްވަރީއަށް ނިސްބަތްވާ ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރާއި، 34 އަހަރު އަދި 29 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސަލާމަތީ ބާރުތަކުން ހިންގަމުންދާ މި އޮޕަރޭޝަނަކީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެކެވެ.
ފުލުހުން ބުނެފައިވަނީ، މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށެވެ.
ހަރުކަށި ފިކުރު ހަރުކަށި ފިކުރު މިހާރު އެންމެ ގިނަގިނައިން ދެކެވޭ އެއް ވާހަކަ މީ މިވަހަކަ ނިމޭނި ކިހާހިސާބަކުންބާ.
މިކަން ކަން ކަމައް އަވަސް ހައްލެއް ބޭނުން އެހެން ނުނީ ފަހުން މާ ކަންކަން ގޯސް ވެދާނެ
ބިރުވެސް ގަނޭ ދޯ ހައްޔަރު ކޮށްފާނެތީ. ކީއްވެބާ އެފިލަނޫ.
ކާކު ޖަލައް ދާން ބޭނުންވާނީ.. އަންނިވެސް ފިލީ. ވަހީދުވެސް ފިލީ. އަދީބުވެސް ފިލީ.. ޖަމީލުވެސް ފިލި. ގާސިމުވެސް ފިލީ.. ޝޭހު އިލިޔާސް ވެސް ފިލީ. އެންމެ އަޑަށް ބާރުލާފަ ޕޯޑިއަމް ތަކުގަ ވާހަދައްކާ މީސްމީހުން މީ.. އެމީހަކަށް ވަދެވުނުތަނަކަށް ވަދެ އޮތީ ފިލާ..
ހަނާގެ ވާހަކަސަޅި ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ނަޝީދު ދައްކާތީ އޭނަ ވަނީ އެވާހަކަ އާއި ގުޅިގެންވެސް ލާދީނީޓެގް އަޅުވާފަ އަނެއްކާ ހަރުކަށި ފިކުރުހެ މީހުން ދޫކުރަނީވެސް ނަޝީދުކަމަށް މިޔޮއްވީ ދެން ހާދަ ބިރުބޮދުމީހެކޭދޯ މިނަޝީދަކީ.......
ތިމަރަފުށީގައި ވެސް މިސްކިތް ކާފަރު ކޮއްގެން ނަމާދަށް ނާރާ ބަޔަކު އެބެ އުޅޭ.
މިހާރު މި ފެންނަ ހަބަރުތައް ކަށަވަރު ކުރާނެ ގޮތެއްވެސް ނެތް. ދޮގު ތެދު ވަކިނުވެ..
ހަނާ ވަހީދު ތި ވިދާޅުވީ %100 ތެދުފުޅެއް....
ޙިމަންދޫގައި ވަކިމިސްކިތެއް އަޅައިގެން ވަކިޖަމާއަތް ހަދައިގެން ހިމަންދޫގައި އުޅެމުންދިޔަ މީހުންގެ މިސްކިތް ތަޅާލަން ސިފައިން އައިމަ ޒާތެއްގެ ހަނގުރާމައެއްކޮށް އެތައް ސިފައިންނަކަށް އަނިޔާވެ ސިފައިންގެ މީހަކު އަސީރު ވުމަށްފަހު ސިފައިން މަކަރުން އެމީހުންގެ ތެރޭގައި ޖަލުން ފިލައިގެން އުޅޭމީހަކު ހުރިތޯބަލައި ނެއްނަމަ އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ބުނެ މަކަރަކުން އެއްމެން ގާތްގަނޑަކަށް 54 މީހުން ހައްޔަރުކޮށް ޖަލަށް ލައިފައި ވަނިކޮން 2008 ގައި ރައީސް ނަޝީދު ހިމަންދުއަށް ކުރި ދަތުރުގައި އެމީހުން ދޫކޮށްދޭނެ ކަމަށް ބުނެ ހަރުކަށި ޚިޔާލުގެ އެއްމެން ވަނީ ދޫކޮށްލާފަ ހަރުކަށި މީހުން އެމީހުންގެ ފިކުރު ހިންގަން ފުރުޞަތު ލިބުނީ މިހިސާބުން މީ އެހެންމީހެއްގެ އިހުމާލެއް ނޫން ސީދާ ރައީސް ނަޝީދު ގެ އިހުމާލު