މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ އުސޫލުން ބޭރުން ކަމަށާއި ޖަމްއިއްޔާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެ ޖަމްއިއްޔާއން ބުނެފިއެވެ.
އެމްޑީއެން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމްއިއްޔާ އުވާލާފައިވާ ކަން ސަރުކާރުން ހާމަކުރީ، ޖަމްއިއްޔާގެ ރަޖިސްޓްރީ ބާތިލު ކުރަން ޔޫތް މިނިސްޓްރީން އެންގި އެންގުމަށް ޖަވާބު ދީފައި ނުވާތީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެ އެމްޑީއެނުން ވަނީ އެކަން ދޮގުކޮށްފައެވެ.
އެމްޑީއެން އިން ބުނީ ޔޫތް މިނިސްޓްރީން ފޮނުވި ސިޓީއަށް ނޮވެމްބަރު ހަ ވަނަ ދުވަހު އެ ޖަމްއިއްޔާއިން ޖަވާބުގެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގައި މިނިސްޓްރީގެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށާއި އެ ޖަމްއިއްޔާއިން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަމަށް ބަޔާން ކޮށްދިނުމުގެ އިތުރުން ރަޖިސްޓްރާގެ ނިންމެވުން އަލުން މުރާޖައާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށް އެމްޑީއެން އިން ބުނެއެވެ.
އަދި ޔޫތް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބި ލަސްވާތީ ނޮވެމްބަރު 10 ވަނަ ދުވަހު އިތުރު ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ ތެރެއިން އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވާ ކަމަށް އެމްޑީއެން އިން ބުނެއެވެ. އަދި އިތުރުން، އެ ޖަމްއިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދައުލަތުގެ އެއްވެސް އިދާރާއަކުން ދީފައި ނުވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
މީގެ އިތުރުން އެމްޑީއެންގެ ބަޔާނުގައި ބުނީ، ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން މިހާރު ހިންގަމުންދާ ހަރަކާތްތަކުން ހާމަވަމުންދަނީ އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ފާހަގަކުރި ކަންތައްތައް ކަމަށެވެ. އަދި އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލައި، ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަކީ ހަރުކަށި ފިކުރު ފެތުރުމުގައި ޝާމިލުވާ ފަރާތްތައް ކަމަށް އެ ޖަމްއިއްޔާއިން ކޮށްފައިވާ ދިރާސާއިން ހާމަވާ ކަމަށް ބުނެ އެ ޖަމްއިއްޔާއިން ވަނީ ތުހުމަތުތަކެއް ވެސް ކޮށްފައެވެ.
އެމްޑީއެން އިން ބުނީ ކުރިއަށް އޮތް ތާނުގައި ވެސް އެ ޖަމްއިއްޔާގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ގެންދާނެ ކަމަށެވެ. އަދި ރާއްޖެ ސުލްހަ މަސަލަސްކަަމާއި، ޑިމޮކްރަސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ކަރާމަތް ދެމެހެއްޓުމުގައި އެމްޑީއެން ދެމިއޮންނާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި މިހާރު ފެންމަތިވެފައިވާ ހަރުކަށި ފިކުރުގެ މައްސަލަތަކާ ބެހޭގޮތުން އާންމު ރައްޔިތުންނަށް ހާމަނުވެ ހުރި މުހިންމު މައުލޫމާތުތަކެއް ހުރުމާއެކު، އެ ކަންކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންތައްތަކެއް ކަމުގައި ގަބޫލު ކުރެވޭތީ، ކުރިއަށް އޮތް ތަނުގައި އެ ކަންތައްތައް ހާމަ ކުރަމުން ދާނެ ކަމަށް ވެސް އެމްޑީއެންގެ ބަޔާނުގައި ވެއެވެ.
ސަހިންދާ ކަލޭދެން ތިކަންކުރޭ ޖަރުމަނުގައި ހުރެގެން ކަލޭކަހަލަ މީހުންނާއެކު
ސަހިންދާ ތިއޮތީ ތިޖަމްއިއްޔާ ރަސްމީކޮށްއުވާލާފަ ދެން ލާދީނީ ސަހިންދާ ކުރެވޭނީ ހައްތާވެސް ރާްއްޖޭގެ ގާނޫނާއި ހިލާފް ކަންތައްތައް މިހާރު ރައްޔިތުން ބޭނުން ސަހިންދާހޯދަން ހުރިތަނަކަށްވެސް ވަންނަން ކިތަންމެ ދުވަހަކުން އަޔަސް
ކޮންކަމެއްތޯ ތިޔަޖަމިއްޔާއިން ތިކުރަނީ ހިތައްއެރިހައިކަމެއް ޖަމިއްޔާއެއް ހެދިޔަސް މިރާއްޖެއަކު ނުކުރެވޭނެ ތިކަން ކުރޭދެން ޖަރުމަނުގަ ސަހިންދާ ކިތައްމެ ބާރުގަދަވިއަސް އިސްލާމްދީނަށް ފުރައްސާކޮށް ޖަމިއްޔާއެއްގެ ތެރެއިން ކުރަންނުވިސްނާ އެހެންއުޅެން ބޭނުމިއްޔާ އަމިއްލަ ހިތުގަ ތިޔަ ނފްރަތްތެރިކަން ބާއްވާ މިރާއްޖޭގައި އެބައުޅޭ ބުޑިސްޓުންވެސް ކްރިސްޓިއަނުންވެސް އަދި އެހެން ދީންތަކުގެ މީހުންވެސް އެކަމު އެމީހުން ތިޔަފާޑުގެ ކަމެއް ނުކުރޭ އެއީ އަހަރެމެންވެސް އެމީހުން އަޅުކަން ކުރާ ގޮތްތަކަށް ފުރައްސާރަ ކޮށެއް ނުހަދަން ދެން ކަލޭ އެދީން ގަބޫލުކުރިއަސް އަހަރެމެންގެ ރައްބަށާ އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް ބަޔާން ނެރޭކަށް ނުޖެހޭ
ލާދީނީ އަދިރި ފަރާތްތަކަށް ބެލުމެއްނެތި އަދި ނަޖިހުންގެ ބޮސް އާދެކޮޅަށް އެމް ޑީ އެން "ކެރިގެން" ސަރުކާރުން އުވާލީ ގަޓުހުރި ރައީސް އިބޫ ޞޯލިޙު ޝުކުރިއްޔާ ދިވެހިރާއްޖޭގެ މިހާރުގެ ރައީސަށް ތިޔައީދިވެހި ފިރިހެން ދަރިއެއް
ނަޖިސް ދައިތަ ތިތަޅަނީ ހުސްއަނގަ ދެން ލަލަލާ
ދިވެހި ސަރުކާރުން އުވާލި އެއްވެސް ޖަމިއްޔާއެއް ދިވެހިރާއްޖޭގައި ހަރަކާތްތެރިއެއް ނުވެވޭނެ ކިތައްމެ ބާރާއެކު އަޑަށް ލެވުނުހާ ބާރެއް ލައިފަ ގޮވިއަސް ގާނޫނީ އިމުގެތެރެއިން ހަރަކާތްތައް ހިންގޭނީ