ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ މާލެ ސިޓީގެ އިންތިހާބަށް މިހާރުވެސް ގިނަ ބަޔަކު ދަންނަ ފަރާތްތަކަކުން ކުރިމަތި ލައްވާނެކަން ހާމަ ކުރައްވައިފިއެވެ.
އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވަން ހަމަޖެހިފައި ވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވާ މިހާރު ކެމްޕޭނު ފައްތަވާފައި ވާއިރު، މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނު ކުރެއްވި ބޭފުޅުންނަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފާއި، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިހާރުގެ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން އިއުލާނު ކުރައްވާފައި ވާ ކޮންމެ ބޭފުޅަކުގެ ވެސް އާ އުންމީދަކާ އެކު ރައްޔިރުންނާ ގުޅިގެން ރާއްޖޭގެ ވެރިރަށް މާލޭގެ ތަރައްގީ އަށް މި ވަނީ ނިކުންނަވާފައެވެ. ކެމްޕޭނުގައި އެކި ފަރާތްތަކުން އެކި ސްލޯގަނާއެކުއެވެ.
އެގޮތުން މި މަގާމަށް ކުރިމަތި ލެއްވި އަފްޝަން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާހުތައް ތަސްދީގުވެގެން ދިއުމާ ގުޅިގެން، ރާއްޖޭގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމުގެ އުންމީދު އާވެގެން ގޮސްފައިވާ ކަމަށާއި އުންމީދަކީ މާލެ ސިޓީގެ ދިރިއުޅުމަކީ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދިނުން ކަމަށެވެ. އަދި ޖަޒީރާ ރާއްޖެއާއި އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ތެރެއިން، ދުރުރާސްތާއަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުން ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމަވާފައި ކަމަށް ވިދާޅުވެ އަލްހާން ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތު އެންމެންގެ އިހްލާސްތެރި އެއްބާރުލުން ބޭނުންވާ ކަމަށާއި އެންމެހާ ރައްޔިތުންގެ އިހިލާސްތެރިކަން ބޭނުންވާ ކަމަށެވެ.
ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް އިދިކޮޅު ޕާޓީ ޕީިޕީއެމާއި ޕީއެންސީއިން ހާމަކޮށްފައި ވަނީ ރޭގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މާލެއަށް ވަރަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށާއި އަދި އެ ބަދަލު ގެނެވެން އޮތީ މާލެ "މުއިއްޒު" ކޮށްގެން ކަމަށެވެ. އަދި ކޮންމެ ގޮތެއް ހަދައިގެންވެސް މާލެ "މުއިއްޒު" ކުރަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ. ޑރ. މުއިއްޒުގެ ސްލޯގަން ނުވަތަ ޝިއާރު އިއުލާން ކުރައްވަމުން އަދުރޭ ވިދާޅުވީ ޝިއާރަކީ ޑރ. މުއިއްޒު "މާލެ މުއިއްޒުކުރުން" ކަމަށެވެ.
މީގެ އިތުރުން އައިޝަތު ޝިހާމާއި މިހާރު މާލޭ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ ޝިފާ ވެސް ވަނީ ކުރިމަތި ލައްވަން ނިންމަވާފައި ވާ ކަން ހާމަކުރައްްވާފައެވެ. މޭޔަރު ޝިފާ މުހައްމަދު އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕާޓީ ތަކުން އަންނަނީ ގޮވާލަމުންނެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވޭ އިރު، މާލޭގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ފޯމިއުލާއެއް ގެނައުމަކީ މިހުންމު ކަމަކަށް ވާނެއެވެ.
މިފަހަރު އަޅުގަނޑު ތާއީދު ދޭންގަސްތުކުރަނީ ޑރ އަޝަތު ޝިހާމަށް ޑރ އައިޝަތު ޝިހާމަށް ކާމިޔާބީއަށް އެދެން