ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އދއިން އިންތިޒާމު ކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ކޮޕް25 ގެ މަޝްވަރާތަކަކީ، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ފުރުސަތު ލިބި، އެހެން ނަމަވެސް ފުރުސަތު ބޭކާރު ވެގެންދިޔަ މަޝްވަރާތަކެއްގެ ގޮތުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ސިފަކުރައްވައިފިއެވެ.

ގާތްގަނޑަކަށް 7 ހަފުތާގެ މުއްދަތަށް ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދިޔަ ކޮޕް 25ގެ މަޝްވަރާތައް އާދީއްތަ ދުވަހުގެ ރޭ ނިންމާލާފައިވަނީ މާ ބޮޑު އެއްވަސްވުމަކާ ނުލައެވެ. މިކަމާ ހިތާމަކުރައްވާކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ގެއްލިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރާ އެކްޓިވިސްޓުން ދަނީ ކޮޕް25ގެ ނާކާމިޔާބީއާއި ގުޅިގެން ނުރުހުންފާޅުކޮށް، ގައުމުތަކުގެ އިސްވެރިންނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުންނެވެ.