ކުލަ ލައިދިނުމުގެ ހިދުމަތައް އެސްޓީއޯ ފަދަ ބޮޑު ކުންފުންޏަކުން ވަނުން ހުއްޓުވައި ދިނުމަށް އެދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.
ނާޒިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހި ޒުވާން ގިނަ ވިޔަފާރިވެރިން ކުރަމުން އަންނަ ކުލަ ލައިދިނުމުގެ ހިދުމަތައް، އެސްޓީއޯ ފަދަ ބޮޑު ކުންފުންޏަކުން ވަނުން ހުއްޓުވައި ދިނުމަށް އެދި ރައީސް ސޯލިހަށް އިލްތިމާސް ކުރައްވާފަ އެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އެސްޓީއޯގެ އެމްޑީ އަމްރުއަށް އެ ޓްވީޓް ޓެގް ކުރައްވާފައެވެ.
އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން ކުލަލައިދިނުމުގެ ހިދުމަތް އެސްޓީއޯއިން ފަށާފައިވަނީ މިއަދުއެވެ. ރާއްޖޭގައި ވިއްކަމުން ދާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް އެސްޓީއޯއިން ފަށާފައި ވާއިރު ނިޕޯން އަކީ އެސްޓީއޯއިން ވިއްކާ ކުލައެކެވެ. ކުލަލުމުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަލައި ދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައެވެ. ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިންނެވެ.
އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފަށާފައި ވާއިރު އެ ހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލާ ސްކީމް" އިހްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިން ކުލައިން ރައްކާތެރިކޮށް ދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނެއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބެއެވެ.
ކިއްލި ވެސް ތަޅަން ފެނޭ
ކުލަ ލުމުގެ ހިދުމަތަށް ފިޔަވަތި ސަފީގު ބިލް ހަދައިގެން ލާރި ނަގާނެ... އެކުދިންނަށް ހިލޭ މީހުން ފޯރުކޮށްދޭ ހިދުމަތަށް ބިލު ހަދައިގެން ލާރި ނަގައިގެން އުޅޭ މީހެއް. މިކަން ޖެންޑަރ އަށް ބެލޭކަމަކަށް ނުވޭ. މިކޮމެންޓް ޖަހާލަ ދޭތި
ރައްޔިތުފަގީރު މީހާއަށް ރަގަޅުގޮތެއްވާ ތިޔަ ވިޔަފާރިވެރި ނާޒިމުމެން ފަދަ މީހުންނޭދޭނެއެވެ ބަޣާވާތް ކުރުމަކީ ދީނުގައި ހަރާމް ކުރައްވާ ފައިވާ ކަމެކެވެ އަދި އެކަމުގެ ގެއްލުމުމުން މިރާއްޖެއަދިވެސް މިއުލެނީ އަރައިނުގަނެވިގެންނެވެ
މީ ހަގީގަތުގަ އެސްޓީއޯ އިން ކުރަން ޖެހޭ ފަދަ ވިޔަފާރި އެއް ކަމަށް އަލުގަޑު ވެސް ގަބޫލެއް ނުކުރަން. މި ފަދަ ބޮޑެތި ސަރުކާރު ހިއްސާވާ ކުންފުނި ތަކުން މިފަދަ ކަންކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން ކުދި ވިޔަފާރި ތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުން ދާނެކަން ޔަގީން.