އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު 6 ދުވަސް އިތުރުކޮށްފިއެވެ.

އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު 6 ދުވަސް އިތުރު ކުރުމަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ބަންދު ދުވަސްތައް އިތުރުކޮށްފައިވާކަން އިއުލާންކުރެއްވީ ރައީސް އޮފީހުގެ ތަރުޖަނާމު އިބްރާހިމް ހޫދެވެ.

އަންނަ އަހަރަށް އިތުރު ކުރި ބަންދު ދުވަސްތައް:

  • 2 ޖެނުއަރީ
  • 27 މޭ
  • 28 މޭ
  • 28 ޖުލައި
  • 29 ޖުލައި
  • 12 ނޮވެމްބަރު

ޖެނުއަރީ މަހު ދެވަނަ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ކަނޑައާޅާފައި ވަނީ އާ އަހަރުގެ މުނާސަބަތުގައި ކަމަށް ބެލެވެއެވެ. އަދި މޭ މަހު 27، 28 ބަންދުކޮށްފައިވަނީ ފިތުރު އީދުގެ މުނާސަބުގައި ކަމަށް ބެލެވެއެވެ. އަންނަ އަހަރުގެ ފިތުރު އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މޭ 25، އަދި 26 އެވެ. ޖުލައި 27، 28 ދުވަސް ބަންދު ކުރުމަށް ނިންމާފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ބެލެވެއެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި 26 އެވެ.

12 ނޮވެމްބަރަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ވިދިގެން އަންނަ ދުވަހެވެ. އެގޮތުން އަންނަ އަހަރު 11 ނޮވެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރޭނެއެވެ، އެހެން ކަމުން 12 ނޮވެމްބަރު ބަންދު ކުރުމަށް ނިންމާފައިވަނީ އެކަމުގެ މުނާސަބާތުގައި ކަމަށް ބެލެވެއެވެ.