މައްޗަންގޯޅި ގެއެއްގެ ޓެރަހުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބަނގުލަދޭޝް ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ޓެރަސް މަތީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާގެ އުމުރާއި އިތުރު ތަފްސީލްތައް އަދި ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.

މައްޗަންގޯޅި ޓޮމާޓޯ ގޭގެ ޓެރެސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެ ހެނދުނު 11:00 ހާއިރެވެ. ފުލުހުން ދިޔައިރު އެމީހާގެ އަނގައިން ފޮނު އަރާފައި އޮތް ކަމަށް ވަނީ ބުނެފައެވެ.

އޭނާ އެ އިމާރާތުން ބާލުވާފައިވަނީ ސިފައިންނެވެ. އަދި އެމީހާއަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަމަށް މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ