ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެ ބޭންކުގެ މުވައްޒަފުންގެ ނަމުގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ފައިސާ ހަދިޔާ ކޮށްފިއެވެ.

ބީއެމްއެލުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އާކަށް ބީއެމްއެލްގެ މުއައްޒަފުންނާއި ބޭންކުގެ ނަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިފައި ވާ ކަމަށެވެ.

މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައި އެ ޖަމިއްޔާއަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. އަދި އެ ހަފްލާގައި ބޭންކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އެ ޖަމިއްޔާއަށް ޖަދިޔާކޮށްފައިވަނީ 60،000 ރުފިޔާގެ ފައިސާ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ މުއައްޒަފުންނާއި ބޭންކުގެ ނަމުގައި އާކަށް ފައިސާ ހަދިޔާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން ބޭންކުގެ ފަރާތުން ހަދިޔާކުރި 60،000 ރުފިޔާގެ އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކަމަށް ބީއެމްލުން ބުނެއެވެ.

މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުމުމަށާއި ކުޑަކުދިންގެ ކުރިއެރުމަށް އާކް އިން ހިންގާ ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ.
ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ

ބީއެމްެލްގެ ސީއީއޯ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބޭންކުން އާކް ޖަމިއްޔާއަށް ފޯރުކޮށްދޭ އެހީތެރި ކަމަަކީ ކުޑަކުދިންގެ ހައްގުތައް ރައްކލާތެރިކުރުމަށާއި ކުޑްކުދިންގެ ކުރިއެރުމަށް އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ހަދީޔާކުރި ފައިސާ ކަމަށެވެ. އަދި މިފަދަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ޓިމް ސޯޔާ ފާހަގަކުރެއްވިއެވެ.

އާކަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ 'ބީޓް ބުލީންގް' ޕްރޮގްރާމަށް ފަންޑްރައިޒް ކޮށްފައެވެ. މިގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމްލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައެވެ.