ސަރުކާރު މުއައްސަސާތަށް ގުޅިގެން މާލެއަށް އެތެރެކުރާ އެއްގަމު އުޅަނދު ތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓްވީޓެއް ކުރައްވާ ޝިފާ ވިދާޅުވެފައި ވަނީ މާލޭގެ މަގުތަށް ފުރިފައި ވާ ކަމަށާއި، އިތުރަށް ޕާކު ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ. މިހެން ވުމުގެ ސަބަބުން މާލެ އެތެރެކުރާ ވެހިކަލްތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ޓްރާންޕޯޓް މިނިސްޓްރީއަށް ޓެގްކޮށް ޝިފާ ވިދާޅުވެފައި ވެއެވެ.
މީ ޓްވީޓަށް މީހަކު ކުރި ކޮމެންޓެއްގައި ވަނީ މިކަމަށް ހައްލެއް ހޯދަން "ވެހިކަލް ކެޕް" ބޭނުން ކުރުން ކިހިނެއް ވާނެތޯ އަހާފައެވެ. މި ކަމަށް ޖަވާބު ދެއްވާ ޝިފާ ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ނިންމުން ވަރަށް ސާފުކޮށް ޓްރާންޕޯޓް މިނިސްޓްރީއަށް އެކަމުގެ ލިޔުންތަކާއި އެކު ހަވާލުކޮށްފައި ވާނެ ކަމަށެވެ.
ޝިފާ ވިދާޅުވެފައި ވަނީ ބައެއް މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ފަހެއް ނުވަތަ ދިހަ ވަރަކަށް އުޅަނދު ރަޖިސްޓަރީ ކޮށްފައި ހުންނަ ކަމަށާއި ނަމަވެސް މި އުޅަަނދު ތަކަށް ޕާކު ކުރުމަށް ގަރާޖެއް ނޯންނަ ކަމަށެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވަނީ ތޮއްޖެހިފައި ވާ މާލޭގެ މަގުތަކަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި ވަނީ ޕާކު ކުރާނެ ތަންތަން ގާއިމު ކުރެވިފައި ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ. ނަމަވެސް މިހާރު މި ޕާކިން ސިސްޓަމްތަށް ވަނީ ނަގާފައެވެ.
އަދި މާލޭގައި ޕާކު ކުރާނެ ބިލްޑިން ނުވަތަ ތަންތަން ހެދިކަމުގައި ވީނަމަވެސް މާލޭގެ ޕާކިންއަށް ހައްލު ލިބިގެން ދާނީ މާލެގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުފަހަރު ކޮންޓްރޯލް ކުރެވިގެން ކަމަށް މިނިސްޓްރު ވިދާޅުވެފައި ވާ ނަމަވެސް މިކަަމަށް އަދި ހައްލެއް ގެންނަން މަސައަކަތް ކުރައްވާ ތަނެއް ނުފެނެއެވެ.