މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. އެއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، މާފަންނު ގެއެއްގެ ކޮޓަރިއެއް ތެރޭގައި އޮތް މީހަކު ހަބަރެއް ނުވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:19 ހާއިރު އެމްއެންޑީއެފުން ދީފައިވާ ކަމަށެވެ. އެމީހާ މަރުވެފައިވާ ކަމަށް އޭޑީކޭގެ "ޕެރެމެޑިކް" ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައިވާ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެން މީހާ އެގޭގެ ސިޑިން ބޭލުމަށް ދަތިވެގެން އުޅޭތީ، އެމީހާ ބޭލުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.