ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކޮށްފައިވާ ދައުވާގެ ހުކުމް އިއްވާ ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ހުކުމް ތަންފީޒު ކުރަން ބަހައްޓާފައި ހުރީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައި ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ ތަރުޖަމާނު އަހުމަދު ނަސީމް ވިދާޅުވީ ރައީސް ޔާމީން މާފުށީ ޖަލުގައި ބަހައްޓާފައި ހުރީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ. އަދި އެެއީ ސްޕެޝަލް ޕްރޮޓެކްޝްން ދެއްވަން ޖެހޭ ކޮންމެ މީހަކުވެސް ބަހަށްޓަވާ ތަން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީނަށް މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯތުން ހުކުމް ކުރުމަށްފަހު އެމަނިކުފާނު ވަނީ މާލެ ޖަލަށް ގެންގިސްފައެވެ.
އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ޔާމީން ވަނީ ޓޭސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެދުވަހު އެމަނިކުފާނުގެ ވަކީލުން ވަނީ ބައްދަލުކުރައްވާފައެވެ. ހުކުރު ދުވަހުގެ ހަވީރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖަމީލު ވިދާޅުވެފައި ވަނީ، ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށާއި އެމަނިކުފާނު ގެކޮޅުގައި ބަހައްޓަވައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަަމައެއާއެކު ސިޔާސީ ބައެއް ބޭފުޅުން ގޭގައި ބަހައްޓާފައި އެބަ ތިއްބެވި ކަމަށް ޖަމީލު އިޝާރާތް ކުރެއްވިއެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ޖަލަށް ލެވޭ ސިޔާސީ މީހުން ބަހައްޓަން އެޅި ޖަލު ޔުނިޓުތަކެކެވެ. އެފަދަ ޔުނިޓުތަކުގައި ބެހެއްޓި މީހުންގެ ތެރޭގައި، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމްވެސް ހިމެނެއެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްވެސް ބެހެއްޓީ އެފަދަ ޔުނިޓެއްގައެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދު ކުރަންވެސް މީގެ ކުރިންވެސް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެފަހަރުވެސް އެމަނިކުފާނު ބެހެއްޓެވީ އެސްޕީޔޫއެއްގައެވެ. އެފަހަރު ބެހެއްޓި ޔުނިޓަކީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ބެހެއްޓި ޔުނިޓުގައިކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.
ހަމަ އަސްލުގަވެސް ތިޔަމީހާގެ ހުކުން މާފުށީ ޖަލުގަ ކުރުވާނެބާ؟ އާއްމު އުސޫލުން ވިއްޔާ މިހާރު ޔާމީނު އަށް ފާޑުފާޑުގެ ބަލިޖެހެން ފަށާނެ. ކިޑްނީ، ސިކުނޑި. ލޯ ފަދަ އޯގަންތަކުގެ ސީރިޔަސް މައްސަލަ އުފެދޭނެ. ދެންވާނެ ގޮތަކީ އައިޖީއެމް ހޮސްޕިޓަލަށް ގެންދަން ޖެހޭނެ. ފަރުވާޔަށް ފަހު ޖަލަށް ފޮނުވާނެ. ދެންވެސް ބަލިރަނގަޅުވާތަނެއް ނައަންނާނެ. ހާލު ގޯސްވާތި ހޮސްޕިޓަލަށް ގެންދިއުން ތަކުރާރުވާނެ. ދެން ފެންނާނީ ގޭގެ ބަހައްޓައިގެން ފަރުވާކުރަމުން ދާތަން. އެއްމެ ފަހުން ޔާމީނަށް ކުރަން ޖެހޭފަރުވާ ރާއްޖެ އިން ލިބެން ހުރިކަމަކަށް ނުވާނެ. އެމަޖުބޫރުވީ ބޭސް ކުރަން ސިންގަޕޯރ އަށް ނުވަތަ އެހެންވެސް ބޭރުގައުމަކަށް ފޮނުވަން. ޔާމީނަށް ދޭންވާ ފަރުވާ އިންޑިޔާގަވެސް ނުހުންނާނެ. މިހެން ގޮސް މިހާރު އޮތް ސަރުކާރު ވެއްޓެންދެން ވަރަށް ނިކަމެތިގެ ބަލިހާލުގެ ތިޔަމީހާ އުޅޭނީ. ސަރުކާރު ވެއްޓުމާއެކު ތިޔަވަރުގެ ވަރުގަދަ މީހަކު ދުނިޔޭގެ ހުރިކަމަކަށް ވެސް ނުވާނެ. ރާއްޖޭގެ ވެރިކަމަށް އަރުވަން އޭނެވަރުގެ ކަމުދާމީހަކު ހުރިކަމަށް ވެސް ނުވާނެ. ތިޔަމީހާ އެހެންނޭ ކިޔާފަ ވަކާލާތުކުރާ އަޑުން ރާއްޖެ ގުގުމާލާނެ. ދެން ފެންނާނީ ގިނަ ބަޔަކު ނިކުމެ މިސަރުކާރަށް މިހާރު ސަޕޯޓް ކޮއްގެން ތިބި ބައެއް މީހުންނާއެކު ތިޔަމީހާއަށް ސަޕޯޓް ކުރާތަން. އާޚިރުގަ މިކަންތައް ނިމިގެން ދާތަނުން ތިޔަމީހާ ވެރިކަމަށް އަރުވައިގެން މިސަރުކާރުގެ ވެރީންނަށް ތިބިމީހުން ޖަލަށް ޕްރޮމޯޓުވާތަން ފެންނަން ފަށާނެ. މިއީ ހަމަކަމުދާގޮތް؟ މިއިވަގެއްކަމަށް ސާބިތުކޮށްފަ މިހާރު އޮތީ. ވައްކަމަށް މަތީފަރާތުގެ ހުކުމަކީ އަތްކެޑުން. އެކަން ފަށާ. ތިޔަމީހާގެ އަތް ކަނޑާ. ކަނޑަން ނުކެރޭނީ އަމިއްލަޔަށް ވެސް ވައްކަންކުރަން އަދި ވައްކަން ކުރުވާން ރާވާފަ އޮންނާތީ. އެއްވެސް އިންސާނަކަށް އޭނަ ހެއްދެވި ފަރާތަށްވުރެ މޮޅެއްނުވެވޭނެ. ވަގުންގެ އަތްކަނޑާ. އެކަންފަށާ.