ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ޖަލުގައި ހުންނެވީ އަނިޔާވެރިކަމެއްގެ ތެރޭގައި ކަމަށް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ޑރ. ޖަމީލަށް ރައްދުދެއްވަމުން ދިޔާނާ ވިދާޅުވީ އޭނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ކުރީގެ ސަރުކާރުން އަނިޔާވެރިވެފައިވާ ކަމަށެވެ.
ދިޔާނާ ވިދާޅުވީ، މިދިޔަ ސަރުކާރުގެ ރާއިސް ޔާމީނާއި ނައިބު ރައީސް ޑރ. ޖަމީލުގެ ވެރިކަމުގައި ޖަލުތަކާއި ހޮސްޕިޓަލުގައި އެޑްމިޓްކުރި ބަލި މީހާއާ މެދު ވެސް އޮތީ "ޓޯޗާ" ކުރުން ކަމަށެވެ. އޭރު ކ. މާފުށީ ޖަލުގައި ޖާބިރު ބަންދުކޮށްފައި ހުއްޓާ އައިޖީއެމްއެޗްގައި އެޑްމިޓްކުރި ދުވަސް ހަނދާން ކޮށްދެއްވަމުން ދިޔާނާ ވިދާޅުވީ، ޖާބިރު ބޭއްވީ އެނދާއި އެކު ފައިގައި ޗޭނުވެސް ޖަހާފައި ކަމަށެވެ.
މީގެއިތުރުން ދިޔާނާ ވިދާޅުވީ، އެގޮތަށް ޗޭނު ޖެހުމަކީ އިންސާނިއްޔަތު ކަމެއް ނެތް ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ވައިލެންޓް ކުށުގެ ރިކޯޑެއް ނެތް އަދި ވައިލެންޓް ކުށެއްގައި ބަންދުކޮށްފައި ނުވާ ފަރާތެއް، ގާޑަކު ފޯރިމަރާ ކޮޓަރިއެއްގައި އެޑްމިޓްކޮށްފައި ބޭއްވި ކަަމަށެވެ. ހަމައެއާއެކު ގާޑަކު ހުރި ކޮޓަރީގައި އޮތް ބަލިމީހާގެ ފައިގައި އެނދާއެކު ޗޭނު ޖެހޭނެ ގާނޫނީ ހަަމައެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިޔާނާ މި މޭރުމުން ޖަމީލަށް ރައްދު ދެއްވާފައި ވަނީ މިއަދު ރައީސް ޔާމީން ބަނދުކޮށްފައިވާ މާލޭ ޖަލަށް ވަޑައިގަތުމަށްފަހު ޖަމީލުގެ ޝުއޫރުތައް ނޫސްވެރިންނާ ހިއްސާކުރައްވައި އެކަމާ ގުޅޭ ގޮތުން ޓްވީޓް ކުރެއްވުމުންނެވެ. ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ދެނީ އަނިޔާއެއް ކަމަށެވެ. އަދި ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށާއި ރައީސް ގެކޮޅުގައި ބަހައްޓައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޖަމީލު މިއަދު ވިދާލުވެފައި ވެއެވެ.
ރާއްޖޭގެ 5 ވަނަ ރައީސްގެ މަގާމު ފުރުއްވި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން އިއްޔެ ވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރު ދެއްކުމަށް ޖޫރިމަނާ ކޮށް ހުކުމް ކޮށްފައެވެ. ރައީސް ޔާމީނު މި ވަގުތު މާލޭ ޖަލުގައި ބަހައްޓާފައި ހުރި އިރު، މާފުށީ ޖަލަށް ބަދަލު ކުރާނެ ވަގުތެއް ކަރެކްޝަނަކުން ނުބުނެއެވެ. އާންމުކޮށް ޖަލުގައި ބަންދު ކުރާ މީހުން، މެޑިކަލް ޗެކަޕް ހަދަން ގެންދާ ފަދައިން މިއަދު ރައީސް ޔާމީންވެސް ވަނީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗަށް ވެސް ގެންގޮސްފައެވެ.
ބަލަގަ ޔާމީނަށް މަނިލޯންޑަރީ ކުއްސާބިތު. މިހިސާބުން އެއްވެސް އިނާޔަތެއް ދޭންނުޖެހޭ ގޮތައް ބިލް ފާސްކޮށްފަ އެމަނިކުފާނު ވެރިކަމުން ފޭބީ
ބަލަގަ ދިޔާނާ ކަމަނާގެ ފިރިމީހާއައް ވޯޓުދެވުނީތީވެ އެރަށުރައްޔަތުން ލަދުންއެއުޅެނީ ބޮޑު ސޭކަކައް ވޯޓުދެވުނީތީވެ މޮޔައެއްގެ އަތައްވެސް ފައިސާއަރާފާނެދޯ ޖާބިރުގެ އަހުލާގާ އޭނަގެ ބަސްމަގާހުރެ އަހަރުމެން ޓީވީނުބަލަން ޖާބިރުގެ ފެންވަރަކީ އަބަދު ހުންނަނީ ގަހުގަ ގެންގުޅޭ މީހަކައް މުސާރަ ދެނީޔެއްނޫން އެހެންނޫން ވާނީ ޖާބިރު ކިޔެވި ކޮލެޖުހިންގަން ހަވާލުވެހުރި ޑީން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އެކޮލަޖަކީ ވަކަރުގޭ އިންޓަނޭޝަނަލް ކޮލެޖު
ދިޔާނާ މޮޔަވީތަ. ޔާމީނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ޤާނޫނުގަ އޮވޭ ކަނޑަ އަޅާފަ. ޔާމީނަކީ ދިވެހި ރާއްޖޭގެ ރައީސްކަން ކޮށްފަ ހުންނެވި ބޭފުޅެއް. ކަލޭ ޖާބިރު އާއި ޔާމީނާ ތި އެއްވަރު ކުރަނީ. ކަލެއެކޭ ހަމަހުގެ ކުއްޖެކޭ ތަފާތެއް ނެތެއްނު. އާނ ފަހެ ތިހިރީ ވިއްޔަ ކަލޭގެ ވިސްނުން ހުރި ގޮތް. މަށަށް ފެންނަނީ ސަރުކާރުން ކަލެއަށް އަދި އިތުރު އިނާމެއް ކަލޭ މޮޅުކަމުން އަރުވަން.
މެޑަމު ދިޔާނާ ތިބުނުއްވީތެދުފުލެއް މިގައުމުގާ އުފެދުނު އެއްމެ ހުދުމުހްތާރު ދެމީހުންނަކީ ޖަމީލާ ޔާމީން މިދެމީހުނައްވެސް ހައްގު އަދަބު ދެވެން ވާނެ