ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް މީހަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް އިބްރާހިް މުހައްމަދު ސޯލިހް، ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ތިލަދުންމަތީ އުތުރުބުރި އިހަވަންދޫ، ވައިޖެހޭގެ ހާމިދު ޝަފީއުއެވެ.
ޝަފީއު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް (އޮނާސް) ޑިގްރީއެއް ހާސިލު ކޮށްފައެވެ. އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ. ޝަފީއު މި މަގާމާއި ހަވާލުވުމުގެ ކުރިން ހުރީ އިންޓެލެކްސީ ނެޓްވާކްސްގެ ސީނިއާ އެންޓާޕްރައިޒް ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.
މީގެއިތުރުން 1998 އާއި 2007 އާދެމެދު ޝަފީއު ވަނީ ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވާކް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު ވެސް އަދާ ކޮށްފައެވެ.
ލާދީނީ ޓްވީޓް ކުރާ ސޮރަކު އަނެއްކާ ވެސް ރައީސް އޮފީހަށް ދޯ