ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކޮށްފައިވާ ދައުވާގެ ހުކުމް އިއްވާ ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ހުކުމް ތަންފީޒު ކުރުމަށް މާލޭ ޖަލަށް ގެންގޮސްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތުދެމުން ކަރެކަޝަންގެ ތަރުޖަމާނު އަހުމަދު ނަސީމް ވިދާޅުވީ ރައީސް ޔާމިން މިހާރު ހުންނެވީ މާލޭ ޖަލުގައި ކަމަށެވެ.
ރައީސް ޔާމިން މާލެ ޖަލުގައި ހުންނެވިއިރު ކަރެކްޝަނުން ފުރިހަމަ ކުރަންޖެހޭ ޕްރޮސެސްތަށް ފުރިހަމަ ކުރުމަށްފަހު އެމަނިކުފާން މާފުށީ ޖަލަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މާފުށީ ޖަލަށް ޔާމިން ގެންދާނީ ކޮންއިރަކު ކަން އަދި ސާފުވާގޮތެއް ނުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މިއަދުއެވެ. މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ 5 ގާޒީންގެ ބެންޗުން ވަނީ މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމާނާ ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދަބު ކަނޑައެޅުން އެހެން ދުވަހަށް ފަސްކުރުމަށް ދިފާއުން އެދުނު ނަމަވެސް އެކަން ފަސްކުރުމަށް ބެންޗުން ނިންމާފައެއް ނުވެއެވެ.
އަޅެ ރާއްޖެ އެއީ މާލެ އެކަނިތަ... ކޮބައިހޭ ކުރިހާ ވައްކަން...
ފެންކަޅިވާނެތާ؟ މިރާއްޖޭގެ އިންސާނިއްޔަތުގެ ކަންފުޅެއް ނެތް މީހުން ގިނައީ. ރައީސް ޔާމީނު ދިވެހި ރައްޔިތުންނަށްޓަކައި 5 އަހަރު ވީއިރު ނުކޮށްދެނީ ކޮންކަމެއްތޯ؟ 1- މާލެ އަދި ހުޅުމާލެ ބުރިޖަކުން ގުޅާލުން. 2- ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށްޓަކއި ހުޅުމާލޭގެ ޓްރީ ހޮސްޕިޓަލެއް އަޅާ ދިވެހި ރައްޔިތުންނަށް އެޚިދުމަށް ލިބުން. 3- އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ އިމާރާތްކުރުން. 4- ދިވެހިރައްޔިތުންޓަކައި މާލޭގެ އެކިސަރަޙައްދުތަކުގައި މަޑުކޮށްލާނެ ތަންތަން ހެދުމުގެ އިތުރުން ރަސްފަންނުގެ ހެދުން. 4- ދިވެހިރައްޔިތުންގެ ހައްޤުގައި ހުޅުމާލެއިން ތަނެއް ހިއްކުމަށް ފަހު އެތައް ހާސް ފުލެޓުއެޅުން... މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ނުކުރެވުނު އެތައް ކަމެއް ކޮށްދިނުމަށް ފަހު ޖަލަށް ދާންޖެހުން... މިއީތޯ އިންސާފަކީ؟؟؟