ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކުރި ޝަރީއަތުގެ މަޖިލިސް ފަށައިފިއެވެ.

މިއަދު 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ ރައީސް ޔާމީންގެ ޝަރީއަތް ފަސްކުރުމަށް އެމަނިކުފާނުގެ ލޯޔަރުން އެދިވަޑައިގެންފައިވީ ނަމަވެސް އެ ޝަރީއަތް ފަސްނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް މިހާރު ހައިލަމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓު ހިންގެވުމަށް ގާޒީ އަލީ ރަޝީދު އައްޔަންކޮށް ޔާމީންގެ ޝަރީއަތް މިހާރު ކުރިއަށް ގެންދަނީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ގާޒީ އަލީ ރަޝީދު އެ މައްސަލަ ބެއްލެވުމަށް ބެންޗުގައި އިންނަވަން އިތުބާރު ނުކުރާ ކަމަށް ބުނެ ގާޒީ އަލީ ރަޝީދު ބެންޗުން ތަނާޒިލުވުމަށް ޔާމީނާއި އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުން އެދިވަޑައިގެންފައި ވަނީ އެންމެ ފަހުން ބޭއްވި ޝަރީއާތުގެ މަޖިލީހުންނެވެ. ނަމަވެސް ބެންޗުން މަޝްވަރާ ކުރުމަށްފަހު 5 ގާޒީން ވަނީ ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒިލު ނުވުމަށް ނިންމާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.

އިތުރަށް ވިދާޅުވޭ...