މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދޫފުޅު ރައްކާތެރި ކުރެއްވުމަށް ސަލަފް ޖަމިއްޔާއިން ގޮވާލައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މޮސްކޯގެ އަލީ ޖަލީލާއި ސަލަފް ޖަމިއްޔާއާ ގުޅުވައިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ދުލުން ބޭރުކުރާ ކޮންމެ ބަހަކާމެދު ސުވާލު ކުރެވޭ ދުވަހެއް އަނާނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރައީސް ދޫރައްކާތެރި ކުރެއްވުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
ސަލަފުން ބުނީ، ސަލަފަށް ނިސްބަތްވާ އިލްމުވެރިންނާއި އެ ނޫންވެސް ރާއްޖޭގެ އިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުން ކަމުގައި އަލީ ޖަލީލާއި އޭނާގެ ފިކުރަށް ތަބާވާ މީހުން ބުނެފައިވާ ކަމަށެވެ. އަދި މޮސްކޯގެ އަލީ ޖަލީލަކީ އެ ޖަމިއްޔާގައި ދުވަހަކުވެސް މަސައްކަތް ކޮށްފައިވާ މީހެއް ނޫން ކަމަށް ސަލަފުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން، ރައްޔިތުން މަޖިލީހުގެ ރައީސް ފަދަ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭނެ އަސްލެއް ނެތް ވާހަކަތަކާއި ފާޅުކަން ބޮޑު ބުހުތާނު ވާހަކަ ފެތުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.
މިއަދުގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ ސަލަފް ޖަމިއްޔާގައި ކުރިން އުޅުނު އަލީ ޖަލީލް (މޮސްކޯގެ ޖަލީލް) ޕާކިސްތާނުގައި 2009 ވަނަ އަހަރު ސިފައިންގެ މަރުކަޒަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީ އަމިއްލައަށް މަރުވެ ދިޔަ ކަމަށް ވިދާޅުވެ ފައެވެ. ނަޝީދު ވިދާޅުވީ، އެންމެ ފަހުން މޮސްކޯގެ ޖަލީލަށް ވެގެން ދިޔަ ގޮތަކީ ޕާކިސްތާނުގައި އަމިއްލަ ހަށީގައި ބޮން ހަރުކޮށްގެން އޭނާ އަމިއްލަ އަށް މަރުވެ ދިޔައީ ކަމަށާއި، މިއީ ރާއްޖޭގެ ޖަމިއްޔާއެއްގެ ތެރޭގައި އުފެދޭ ރޫހެއްގެ ސަބަބުން ނުކުމެދާނ ނަތީޖާއެއްގެ ގޮތުގައި ދެކެވިގެން ނުވާނެ ކަމަށެވެ.
ޑރ. އަފްރާޝިމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ނެރުނު ރިޕޯޓު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ 47 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ވާ ގޮތުން ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ހިމަނާފައި ވެއެވެ. ނަމަވެސް މިއަދުގެ މަޖިލީހުގައިވެސް ރައީސް ނަޝީދު ވަނީ ސަލަފް ޖަމިއްޔާ އެއްވެސް ހާލެއްގައި އުވާލުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.
ދީނީ ޢިލުމުވެރިން ނަކީ މީހުނަށް ހެޔޮނަސޭހަށްދިނު މީހުނާ ހަސަދަވެރިވަނީ ދީނީޢިލުމުވެރިނަށް ކުފޫހަމަނުވާހީހުން ރާޖޭބޭރުގާ އުޅެފާ އަށްނައިރަށް ބޮޑުސޭހަކަށްނުވާނެ ތުބުޅިލީމާ އެއީސޭހެށް ވީތޯ ނުވާނެ ބުރާތިނުވޭ ......
ޙައިރާނެއްނުވޭ މީއަޞްލަކީ އެކަންވާރެއްގައި ހުރިއެއްޗެހި އެއޮހޮރެނީ އެމީހަކީ ކާކުކަން ދެނެގަތުމަށް އެއްމެ ފަސޭހަ އެއްގޮތަކީ އޭނާ އެކުވެރިންގެ ގޮތުގައި އުޅެނީ ކޮންބައެއްތޯ ބަލައިގެން ހެޔޮލަފާމީހަކު ނޫޅޭނެ ޔަހޫދީން ކައިރިކޮށްގެނެއް ހެޔޮލަފާ މީހަކު އިސްލާމް ދީނަކަށް ފުރައްސާރައެއް ނުކުރާނެ މާތްﷲ އަށާއި އެކަލާނގެ ނަބިއްޔާ ސއވ އަށް ފުރައްސާރެނުކުރާނެ ކަށަވަރު
މަގާމެއް ލިބުނަސް ފެބް 2012 ގެ ފަހުން މީނާގެ ދަރަޖަ ރާއްޖޭގެ ރައްޔިތުން ކުރިމަތީގައި ދަނީ ދަށަށެވެ