ދާދީ ފަހުން ފެންމަތިވެފައިވާ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ. އެގޮތުން އެންމެ ހޫނުގަދަކޮށް ދެކެވެމުންދާ އެއްވާހަކައަކީ ރ. މަޑުއްވަރީގެ އުމުރުން 26 އަހަރުގެ ޒުވާނަކަށް ދިން ހަމަލާގެ ވާހަކައެވެ. ރ. މަޑުއްވަރީގެ މި ޒުވާނާއަށް ހަމަލާދީފައި ވަނީ އޭނާ ލަނޑާ ނަގަން މިދިޔަ ބުރާސްފަތި ދުވަހު ދިޔަ ދޯނީގައި ދީނީ މައްސަލައެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ. ބައިއަތު ހިފަން އޭނާ އެއްބަސް ނުވި ހިސާބުން އޭނާގެ ހަށިގނޑަށް ދިނީ ތޫނު ހަތިޔާރުން ބޮޑެތި ޒަހަމްތަކެއް ކަމަށް ރިޕޯޓު ކުރިތާ ހަފްތާއެއް ވީއެވެ.
މި މައްސަލައާ ވިދިގެން ދެން ކުރިފަޅައިގެން ނުކުތް އަނެއް ހަބަރަކީ އޭނާގެ ކައިވެނީގެ ހަބަރެވެ. އުމުރުން ހަގު ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ ކަމުގެ ހަބަރެވެ. އެކުއްޖާ ބަލިވެއިން ހަބަރެވެ. އަދި އެކުއްޖާގެ އެ ކައިވެންޏަކީ ފުރަތަމަ ކައިވެނި ނޫންކަމަށް އިވުނު ހަބަރުތަކެވެ. 13 އަހަރުގެ އަންހެން ކުއްޖާ ބަލިވެއިން މައްސަލަ އާއި ކޯޓަށް ނުގޮސް ކައިވެނިކޮށްގެން އުޅޭ ވާހަކަ ދެކެވެން ފެށުމާއެކު، ދީނީ ގޮތުން "ހަރުކަށި ފިކުރުގެ މީހުންނާ" އަޅުވާ ދައްކާ ވާހަކަ ގިނައިން ހިއްސާކުރެވެން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. މަޑުއްވަރީގައި ކޯޓަށް ނުގޮސް އަމިއްލައަށް ކައިވެނިކޮށްގެން އުޅޭ ބައެއް ފަރާތްތައް އުޅެއެވެ. އަދި އެ ފަރާތްތައް ދަރިން ހޯދާ ރަޖިސްޓާ ނުކުރާ ކަމަށްވެސް ވެއެވެ. އަދި އައިޑީކާޑު ނުހައްދާތީ ވެކްސިން ނުޖެހޭ ކަމަށާއި ބަލިވީމައި ޑޮކްޓަރަށް ދައްކަން ޖެހެނީ ފައިސާ ދައްކައިގެން ކަން ފާހަގަކުރަމުން އެ ރަށުގެ ރައްޔިތަކު ވަނީ މައުލޫމާތު ދީފައެވެ. އެ ފަރާތުން ބުނީ ކޯޓުގައި ގޮސް ކައިވެނި ރަޖިސްޓްރީ ކޮށްގެން ދެ ކުދިންގެ އައިޑީކާޑު ހައްދަން ފަހުން މަސައްކަތް ކުރި ހާދިސާއެއްވެސް ފެންމަތިވި ކަމަށެވެ. މީގެ އިތުރުން، ގާތްގަނޑަކަށް 12 ނުވަތަ 13 އަހަރުގެ ކުއްޖަކު ސްކޫލަށް ނުދާތީ އެކުއްޖާއާ ސުވާލު ކުރުމުން ސްކޫލަށް ދާން މިހާރު ބޭނުން ނުވާ ކަމަށް އެކުއްޖާ ބުނެފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.
2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރ. މަޑުއްވަރީގެ އާބާދީ އަކީ 1398 އެކެވެ. އަދި އެރަށުގައި ދީނީ ގޮތުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ބައެއް މީހުން ދިރިއުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން މީހަކު ބުނީ، އެ ރަށަކީ މީހުން ހިޖުރަކޮށްގެންވެސް އުޅޭ ރަށެއް ކަމަށެވެ. ދީނީ ގޮތުން އެކަހެރިވެގެން އުޅޭ ބައެއް މީހުން އުޅޭ އިރު، މޫނު ބުރުގާ އަޅައިގެން އުޅޭތީ އެއީ ކޮން ބައެއްކަން ފާހަގަކުރަން ނޭނގޭ ކަމަށް އޭނާ ބުނެއެވެ. އެކި ރަށްރަށުން މީހުން އައިސް އެރަށުގައި ދޭތެރެ ދޭތެރެއިން މަޑުކުރާ ކަމާއި ރަށު ކުދިންނާއި ރަށުކުދިން ނޫން ކުދިން ވަކި ކުރަން ނޭނގޭ ކަމަށް ބުނެއެވެ.
އަދި އެމީހުން އައިސް ތިބޭ ތަންތަނަކީ ވަރަށް ސެކިއުރިޓީ ވަރުގަދަކޮށް ހުންނަ ތަންތަން ކަމަށް މަޑުއްވަރީ ރައްޔިތަކު ކިޔައިދިނެވެ. ގޭގައި ކެމެރާ ހަރުކޮށް ބެލް ޖަހައިގެން ދޮރުހުޅުވޭ ފެންވަރަށް އެ ގެތައް ހަދާފައިވާ ކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެ ރަށުގައި މޫނު ބުރުގާ އަޅައިގެން އުޅޭ އަންހެނަކު ދީނީ ކްލާސްތަކެއް ހިންގާ ކަމަށާއި އެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓްވެސް ދެމުންދާ ކަމަށެވެ.
އެ ރަށުގައި އުޅޭ "ހަރުކަށި ފިކުރުގެ" މީހުންނަކީ ވަރަށް މީހުންނާ އެކަހެރިކޮށް އުޅެމުންދާ ބައެއް ކަމަށް އޭނާ ބުނެއެވެ. ރަށުގައި މީހުން އެކުވެގެން ކުރާ ކަންކަމުގައި ބައިވެރި ނުވެ، އެމީހުން އެކަހެރިވެގެން އުޅޭތީ މިހާރު ރަށުގައި އެއްބައިވަންތަކަން ކުޑަކަމަށް ވެސް އޭނާ ބުނެއެވެ. ގިނަ މީހުންނަށް މިވާހަކަތައް ހިއްސާކުރަން ނުކެރެނީ ބިރުން ކަމަށާއި މިހާރުވެސް ރަށުގައި މަސައްކަތް ކޮށް އުޅޭ އަންހެނުންނަށް އިންޒާރުގެ މެސެޖުތައް އެމީހުން ފޮނުވާ ކަމަށް އޭނާ ބުނެއެވެ.
ހަމައެއާއެކު އެރަށު ހޮސްޕިޓަލަށް ނުދައްކާ އެހެން ރަށަކަށް ކުއްޖަކު ދައްކަން ގެންދިޔަ ހަބަރެއްވެސް އެފަރާތުން ހިއްސާ ކުރިއެވެ. އެއީ ވިހަން ދިޔަ ކުއްޖެއް ކަމަށާއި ޑޮކްޓަރަށް ނުދައްކާ ހުރެ ވިހަން ދިއުމުގެ ސަބަބުން އެ ކުއްޖާ މަރުވި ކަމަށް އޭނާ ބުނެއެވެ. އެއީ ކުރިން އެރަށުގެ ކުއްޖަކަށް ދިމާވެފައިވާ ކަމެއްކަން ވެސް އެފަރާތުން ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން އެ ރަށުގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަވަމުންދާ ކަންވެސް އެފަރާތުން ފާހަގަ ކުރިއެވެ. ހަމައެއާއެކު އެރަށުގައި ސިހުރުގެ މައްސަަލަތައް ގިނަވަމުން ދާ ކަމަށާއި އެ ފަދަ މައްސަލަަތައް ރިޕޯޓު ކޮށްފައި ވާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
ރ. މަޑުއްވަރީގެ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ދިން ހަމަލާއަށް ފަހުވެސް ވަނީ ހަރުކަށި ފިކުރުގެ ބައެއްގެ ފަރާތުން ކަމަށް ބުނާ، މީހުން ސިއްސުވާލާ ވަރުގެ ކަމެއް ހިނގާފައެވެ. އެގޮތުން ލަނޑާ ނަގާ ދޯންޏެއްގައި ށ. މާއުނގޫދުއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު އަރާ، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލޯގޯގެ ޕްރިންޓް އެރަށުގެ ބައެއް ފާރުތަކަށް ސްޕްރޭ ކުރިކަމަށް ބުނެއެވެ. މި މައްސަލައި ގައި އެރަށަށް ދޯންޏެއްގައި ބަޔަކު އެރިކަން ފުލުހުންނަށް އެނގިފައި ނުވާކަމަށާއި ނަމަވެސް ފާރަށް އައިސިސްގެ ލޯގޯ ސްޕްރޭ ކުރި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.
މިއަދު ރ. މަޑުއްވަރީގެ ހާލަތު އެ ރަށުގެ ރައްޔިތުން ތަކެއް ހިއްސާކޮށްފައިވާ މިންވަރުން ފެނިގެން މިދަނީ ލޯމައްޗަށް ވަންހަނާ ވެފައިވާ ބޮޑެތި ކަންތައްތަކެކެވެ. އަޑެއް ކިއިއްޔާ ރެނދެއް ލާނޭ މުސްކުޅިން ބުނެ އުޅޭ ނޫން ހެއްޔެވެ. މި ކަމުގެ އަޑީގައި ވަނީ ކޮން ފަދަ ބޮޑު ރޭވުމެއްކަން އެނގެނީ ކާކަށް ހެއްޔެވެ.
ހަގު އުމުރުގައި ކައިވެނިކޮށްގެން ރަޖިސްޓާ ނުކޮށް ދަރިން ހޯދުން މިވަނީ އާންމުވެފައެވެ. އަދި އެކުދިން ރަޖިސްޓާ ނުކޮށް ވަކި ގޮތަކަށް އެފަރާތްތަކުން ގޭގައި ބައިތިއްބައިގެން ކިޔަވައި ދެމުން މި ގެންނަނީ ހަރުކަށި ފިކުރު ނޫންބާވައެވެ.
ތީ މިސަރުކާރުން ސެކިއުލާ ޤައުމުކަށް ހެދުމަށްޓަކައި ފަތުރާ ބުހުތާނު ތެރެއިން ބުހުތާނެއް . ތިވަރަށް ތިކަން އޮތްނަމަ އާއްމު ރައްޔިތުންވެސް އެވާހަކަ ނުދައްކާ ނުތިބޭނެ. އެއްމެ މީހެއްގެ ހީއެއްގެ މައްޗަށް ދޮގު ޙަބަރު ފެތުރުމަކީ ފިތުނަފަސާދަ އާއި ބިރުވެރިކަން އުފައްދުން. ތިކަން ހުއްޓާލާ.
ތ.ތިމަރަފުށިގަ ވެސް ނުރައްކާތެރި މިންވަރަކަށް މިވަބާ ދަނީ ފެތުރެމުން.. ސަރުކާރުން މިކަން ހުއްޓުމަށް ކުރަނީ ކޮން ކަމެއް؟
ސްކޫލުގަ ކިޔަވަން އުަޅޭ ދަރިން ނަހަލާލަށް ބަނޑުބޮޑުވާ ވާހަކަވެސް ކީއްވެބާ ނުލިޔުނީ.. . 18އަހަރުން ދައްވީމަ އޯކޭދޯ ބިޓުން ނަގާގެން ހުރިހާ ހަރާން ކަމެއް ކުރިޔަސް. . މީހުނަށް ދިރި ނޫޅެވޭވަރަށް ސިހުރު ހަދާ މިވެސް އޯކޭދޯ.
މަޑުއްވަރި އެއް ހަރުއްވަރި އެއްނޯންނާނެ. ބިހޭނުކިޔާބަލަ. މީ ސިޔާސީ ރޭވުމެއް
ޝިޓް މޭން!!
ހަރުކަށި ފިކުރާ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނޯވޭ. ފިތުނަ ފަސާދަ އުފެދޭ ވާހަކަަ ނުފަތުރާ. ތިޔަށް ބުރުގާ އަޅައިގެން ތިބި ބައެއްގެ ފޮޓޯ ޖެހުމުގެ ބޭނުމަކީ ކޮބާ؟ ދެންް އާންމުންގެ މީހަކު ގޮސް ހަމަލާ އެއް ދިނީމާ ހަރުކައްޓޭ ކިޔާފަ ޖަހާތި.
ޕިކްޗާ އަބީ ބާކީ ހޭ.
ތިޔަ ލޯގޯ ތިޔައީ އައިއެސް ގެ ލޯގޯއަށް ހަދައިން އިސްލާމްދީނުގެ މުޅި އުންމަތް ބައިބައި ކުރުވަން ހުޅަނގުން ޔަހޫންދީންނާއި ނަސޯރާއިން ފަތުރާ ފިތުނައެއް. މުޅި ދުނިޔެއަށް އެފިތުނަ ފަތުރަނީ ހުޅަނގުން. އެއީ އިސްލާމްދީނަށް ލޯބިކުރާ މުސްލިމުންގެ ހަރަކާތެއްނޫން. އިސްލާމް ދީނަކު ނޯންނާނެ ހައްދުފަހަނައެޅި އުސޫލެއް، އަންހެނުންނާ ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކުރާ އެއްވެސް ހަމައެއް. އިސްލާމް ދީނަކު ނޯންނާނެ ސިއްޙީފަރުވާއާއި ތަޢުލީމުން މަޙްރޫމްކުރުމުގެ އެއްވެސް އުސޫލެއް. އިސްލާމްދީނަކު ނޯންނާނެ އިސްލާމީ މުޖުތަމަޢުގެ އާދަކާދައާއި ގާނޫނުން ބޭރުން އެކަހެރިވެ އުޅުމުގެ އެއްވެސް އުސޫލެއް.
ކޮންހަރުކަށިފިކުރެއް ތަ؟ ތިޔައީ އިސްލާމްދީނޫގަ ކަން ކަން ކުރަން އޮންނަގޮތެއްނޫން. އެއީ ދީނާދެކޮޅު ފިކުރުގެ މީހުން. އިސްލާމްދީނަށް ނަފުރަތު އުފައްދަން މަސައްކަތްކުރާމީހުން.. އެބައި މީހުންނަަ ދީނީ ޢިލްމުވެރިންނަކާ ގުޅުމެއްނެތް އެބައި މީހުން ހައްޔަރުކުރަންޖެހޭ އެބަ.
ހަރުކަށި މީހުންނަށްވުރެ ފޮނިކަނޑާ މީހުން މަޑުއްވަރީގަ ގިނަވާނެ
ހަމަ އެފަދައިން އިސލާމްދީނާ ދެކޮޅު މީހުންވެސް އެހާ ގިނަ ވެއްޖެ، އެ ވާހަކަވެސް ދައްކަން ވާނެއެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ހަތުރުން...ރާއްޖޭގެ އިސްލާމީ ވަޙްދަތާ ކުޅޭ އިސްލާމް ދީން ނަށްތާލަން މަސައްކަތް ކުރާ މީހުން
މަގޭހިތްބުނާގޮތް، ފަހަރުގައި ގޯސްވެސްވެދާނެ. ތިހާ ތަފްސީލުކޮށް ތިވާހަކަ ތީ ހަގީގަތެއްނަމަ ތިވާހަކަ ކިޔާދިނީ އެރަށުގެ ކާކުކަންވެސް ބުނެލެވެންޖެހޭ. އަނެއްކާ ތިވަރުގެ ކަމެއް ތިހާ ގިނަދުވަސް ވަންދެން ހިނގާނަމަ ސަރުކާރުން ފިޔަވަޅު ނާޅާ ދޫކޮއްލާނެ އެކޭ މަގޭހިތެއް ނުބުނޭ. މިއުޅެނީ ބޮޑުރޭވުންގަނޑެއްގެ ތެރެއިން ރާއްޖޭގެ ރައްރަށުގައި އިންޑިއާގެ ސިފައިން ބޭތިއްބޭނެ ގޮތްތަކެއް ރޭވުން ނޫންބާ؟
ތިގުރޫޕް ގައުޅޭނެ މޫނުބުރުގާ އަޅާފަ ހުރި މީހެން. އޭނާގެ ރަށުން އިނދެގެން އުޅޭ ފިރިމީހާ ވަރިނުކުރަނިސް މަޑުއްވަރީ އަށްގޮސް އެރަށު މީހަކާ އިދެގެން. މީ ތިމީހުންގެ ހާލް
މާލޭގަވެސް އެބައުޅޭ ދީނުގެ ހަރުކަށި ފިކުރުގެ މީހުން، ވަރަށް ބޮޑަށް އެނގިހުރެ މި ބުނަނީ، ދަރިން ސުކޫލުން ކަނޑައައިލައިގެން، ސުކޫލަށް ނުފޮނުވާ، ހުރިހާ ސެޓުފިކެޓްތަކެއް އުކާލާ، ވެކްސިން ނުޖަހާ، ސީރިޔާއަށް ހަނގުރާމައަށް ދާން މަސައްކަތް ކުރާ ބައެއް، މިކަން ބެލޭތޯ.
ތިޔަހާ ޔަގީންކޮށް އެނގޭއިރު ފިޔަޅުނާޅަ ތިހުންނަނީއޯ. އަވަހަށް ތިބައެއްގެމައުލޫމާތު ޕޮލިހަށް ރިޕޯޓުކުރޭ މިތާލިޔުނަކަސް ނުވާނެދޯކަމެއް
ﷲ އާ އެއިލާހުގެ ހުކުމްތަށް ނަގާ އެއްލާލާފަ ތިބި މުޖުރިމު ކާފަރުން ނުވޭތަ ހައްދުފަހަނާ އެޅިމީހުންނަކަށް؟ އައްނި ކާފަރު ކުރާ މީހާ ވަނީ ހައްދުފަހަނާ އެޅި މީހުނަށް..؟ ޤުރުޢާންގަ އޮއި ފަދައިން ﷲ ގެ ހުކުމަށް ހުކުމް ނުކުރާ މީހާއީ ކާފަރެއް. ( މާއިދާ ސޫރަތުގެ 44 )
ރަށް ރަށަށް މީހުން އަރުވަންވެސް ވިސާ ޖަހަންވީ. ޙިޖުރަ ކުރަނީ ކޮން ބަޔަކަށް ފިލަން. މަ ހީކުރީ ރާއްޖޭގައި މާލެއަށް އަންނަން އެކަނި ކަމަށް ހިޖުރަ ކުރަނީ.
ކޮންމެސް ކަމެއް ވީމަ ދޯ ބަޔަކު މިހެން ބުނާނީ. ހިތަށް އަރާ ކުޑަ ފިރިހެން ކުދިންނާ ބޮޑެތި އަންހެނުން ކައިވެނި ނުކުރަނީ ކީއްވެބާއޭ. ކުޑަ އަނހެން ކުދިންނާ ކައިރިވައިރު ތިމާ ދަރީގެ އުމުރުގެ ކުއްޖެއްކަން އިހްސާސް ނުވަނީބާ؟؟؟
ސާބަސް. މި ރަށުގަ ކުޑަކުދިން ސްކޫލަށް ނުފޮނުވާ އެބަ ބަހައްޓާ ކުދިން ކައިރީ ވަކި ގޮތަކަށް ހެދުން އަޅާ މީހުންނާ ވާހަކަ ނުދައްކަންވެސް ބުނެފަ އެބަހުރި. ބިރު ދައްކައިގެން މީހުން މޫނު ބުރުގާ އަޅުވަން ވެސް އުޅޭ. މަށް މިއުޅެވެނީ ދީނަށް. މޫނާ ދެއަތް ފިޔަވާ އެހެން ތަންތަން ނިވާކޮށްގެން. ކޮންމެހެން މޫނު އަޅަން ޖެހޭތަ. ރަށުގަ އޯކޭ އީދުގަ ކުލަޖަހާ މަޖާކުރަން ކުދިން ސްކޫލަށް ނުފޮނުވަންވީ. ކިޔަވައިގެން އެއްޗެއް އެނގިދާނެތީތަ؟ ގަމާރުކަންމަތީ ހުރީމަނު 13 އަހަރުވީމަ މީހަކާ ދެވޭނީ. މިކަން ހުއްޓުވަން ސަރުކާރަށް ގޮވާލަން
މި ކަހަލަ ހަބަރު ލިޔުނީމަ ގޯސް ވާނީ ލިޔާމީހާ. ޢެއްވެސް އިދާރާއަކުން ބަހެއް ނުހޯދޭނެ. އެއްމެންވެސް ހަނު ތިބެނީ. މިކަމަށް ފިޔަވަޅު އަޅާ. ރައްޔިތުންގެ ބަސް އިއްވާފަ މިއޮތީ. މީ ހަމައެކަނި މަޑުއްވަރީގަ ވާ ކަމެއް ނޫން. ޢެތައް ރަށެއްގައިވާކަމެއްމީ.
ހަބަރުގެ %90 ބުހުތާނު ދޮގު. މަޑުއްވަރީ ގައި އުޅޭ މަޑުއްވަރީ ރައްޔިިތަކަށް ވެހުރެ މިބުނީ..
ނޭނގޭ ވާހަކަތަށް ނުދަކާތިބީޔާ ރަނގަޅީ. ތިހާ ހަބަރުލިޔަން ބޭނުންވަންޔާ ރަނގަޅު މައުލޫމާތު ސާފުކޮށް ތެދު މައުލޫމާތު ލިޔަން ބުނެލަން..????????????????
ސްޓިކާޖަހަން ކެރުން ނޫން ކަމެއް. ސިޔާސީ މީހުން ފަހާ ދުވުން ނޫންކަމެެއް ކުރެވޭތޯ ސަރުކާރުތަކަަށް.
ޒުވާން އުމުރުގަ ހަރާން ޒިނޭކޮއްފަ، ބިޓުކެޓުވިޔަސް އޯކޭ ދޯ.
ޒިނޭ ކުރުން އޯކޭ އެއް ނޫން! ކޯޓުން ބޭރުގަ އެންމެންނަށް ވަގަށް ކުޑަކުދިންނާ ކުރާ ކައިވެނިވެސް ބަލައެއް ނުގަނެވޭނެ. ވަރަށް ވެދުން
ޒުވާން އުމުރުގަ ހަމައެކަނި ޒިނޭއެއްނޫން ކުރަނީކީ، ވައްކަމާ ރާބުއިމާ މަސްތުވާތަކެތިވެސް ބޭނުންކުރޭ. ދެން ޒިނޭ ކޮއްފާނޭ ކިޔާފަ އުމުރުން 9-13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ތަސައްރަފު ފުރިފަހުރި ބޮޑު ފިރިހެނަކާ ކާވެނިކުރުވުން މިޒަމާނުގަ މީކީ އޯކޭ ކަމެއްނޫ! ޝޭހަކު ބުންޏްސް.
ހާދަބާރު ކުރެއޭ ދީނަށް އުޅުނީމަ. އެއްކަމެއް ނުކުރުވޭނެ އިންޝާﷲ
ތިޔައީ ދީނަށް އުޅެނީކީ ނޫން. ދީނަށް ހުތުރު އަރުވަނީ. ތިޔަ ވަބާއިން މިީޤައުމު ސަލާމައި ކުރައްވާ ދެއްވާދޭވެ. އާމީން
ޕޮލިހުން އެބަޖެހޭ ރ.މަޑުއްވަރީއަށް ގޮސް މިކަންތަށް ވ ރަގަޅަށް ބަލާން
ތިއަށް ކިޔަނީ ފިކުރީ ހަނގުރާމަ