އދ މަންދޫގައި ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 83 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ގެއްލުނު ފިރިހެން މީހާ އެންމެ ފަހުން ލައިގެން ހުރީ މުންޑެއް އެކަނި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ އިޝާ ނަމާދަށް ފަހު 9:35 ހާއިރު ކަމަށެވެ.

މިހާރު ފުލުހުން އެރަށަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު އަދި އޭނާ ނުފެންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާލެއާއި ރަށްރަށުގައި މަދުން ނަމަވެސް މީހުން ގެއްލުމުގެ ހާދިސާތައް ހިނގައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެ ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އެކި އެކި ގޮތް ގޮތުން ގެއްލިފައިވާ 260 އަށް ވުރެ ގިނަ މީހުން ވެއްޖެއެވެ.