ވެމްކޯގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 7:45 ހާއިރު ފަނޑިޔާރު މަގުގައި ހުރި ގެއަކުން ނިކުތް ފިރިހެނަކު ވެމްކޯގައި ރަޖިސްޓްރީ ނުކޮށް، ވެމްކޯގެ ވެހިކަލަކަށް ކުނި އަޅަން އުޅުމުން އެކަން ނުކުރަން އެތާ ހުރި ވެމްކޯގެ މުވައްޒަފެއް ބުނި ކަމަށެވެ. އެއާއެކު އެމީހާ ކުނި ކޮޮތަޅުން ވެމްކޯ މުވައްޒަފުގެ ބޮލުގައި ޖެހުމަށްފަހު ދިޔަ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ރަޖިސްޓްރީ ނުކޮށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ. މި ފިޔަވަޅު އަޅަނީ އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ދާދިފަހުން ކުނި އުކާ ވެމްކޯގެ މީހަކާ މަގުމަތިން މީހަކު މާރާމާރި ހިންގި މައްސަލައެއްވެސް ފުލުހުން ވަނީ ބަލާފައެވެ.