ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހިމެނޭ ޕްރޮމޯޝަން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ، މޯބައިލް ޕޭ ކަސްޓަމަރުންނަށް އަދި މާޗަންޓުންނަށް ހާއްސަކޮށްގެން ފަށާފައިވާ މި ޕްރޮމޯޝަނަކީ "ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިކްން" ޕްރޮމޯޝަންގެ ނަމުގައި ފަށާފައި ވާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގައި ކިޔުއާރް ކޯޑު ސްކޭންކޮށްގެން އަދި ލިންކް ބޭނުންކޮށްގެން ފައިސާ ދައްކައިގެން 3 ކަަސްޓަަމަރުން އަދި 3 މާޗަންޓުންނަށް 30،000، 20،000، އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި ވާ ކަމަށާއި ކޮންމެ ހަފްތާއަކު ގުރުއަތުން ފަސް ކަސްޓަމަރުންނާއި ފަސް މާޗަންޓުން ހޮވާ ކޮންމެ ފަރާތަކަށް 1000 ރުފިޔާ ވެސް ލިބިގެން ދާނެކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

17 ޖަނަވަރީ 2020 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި ބައިވެރިވުން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުުރާ ހުރިހާ މާޗަންޓުންނަށް ހުޅުވާލެވިފައި ވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ބީއެމްއެލް އިން ދަނީ މުޖުތަމައުއަށް ފައިދާވާ، މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގައިވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.