އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް 69 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ. ނުފެންނަކަމަށް ވޯޓު ދިނީ 9 މެންބަރުންނެވެ. ވަކި ގޮތަކަށް ވޮޓު ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ސިޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް 69 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ. ނުފެންނަކަމަށް ވޯޓު ދިނީ 9 މެންބަރުންނެވެ. ވަކި ގޮތަކަށް ވޮޓު ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގައި ވޯޓަށް އެހި އިރު 81 މެންބަރުން ހާޒިރު ވެފައި ވާއިރު ވޯޓުގައި ބައިވެރިވެފައި ވަނީ 79 މެންބަރުންނެވެ.
މިއަދު މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ހުށަހެޅުން ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް އިއްވާ ވަނީ ބަހުސްކޮށްފައެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީއިން ނިންމާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކޮށްފައިވާ އިރު އެ ދެބޭފުޅުން މީގެ ކުރިން ވަނީ 60 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ދެބޭފުޅުންގެ މައްޗަށް ޖޭއެސްސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގަށް އެ ދެބޭފުޅުން އެއްބާރުލުން ނުދެއްވާކަން ފާހަގަކުރެވުނެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ، ޖޭއެސްސީ ވަނީ ގާނޫނީ އިމުން ބޭރުވެފައި ކަމަށާއި އެހެންކަމުން ޖޭއެސްސީގެ ނިންމުންތައް އެފަރާތުން ބަލައިނުގަންނަ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކޮށްފައިވާއިރު، އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާއެވެ.
މީހުން ނަހައްޤުން ކެނޑުމުގެ ހިތިރަހަ މިއަދު މިމީހުންވެސް އިޙްސާސް ކުރަން ޖެހޭނެ. މީ ދުނިޔެ ހިނގާގޮތް .މީހަކަށް ލަނޑެއްދީފަ ތިމާއަކަށް ސަލާމަތަކުން ނުހުރެވޭނެ އަނިޔާލިބިފައިވާ މީހުން ދުޢާ އަކީ ﷲ އިޖާބަކުރައްވާނޭ ދުއާއެއް.