ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ފުލުހުން ކޮށްފައިވާ ތަހުގީގާ ގުޅުންހުރި މައުލޫމާތުތައް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ދިނުމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ގޮވާލައްވައިފިއެވެ.
މަރު ކޮމިޝަނުން މި މައްސަލައިގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރުމުގައި އެ ކޮމިޝަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހާދިސާ ހިނގިފަހުން ގިނަ އަހަރުތަކެއް ފާއިތުވެފައިވުމުގެ ސަބަބުން އިތުރު ހެކި ހޯދުމުގައި ހުރި ދަތިތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދައި އެއްކޮށްފައިވާ ކަމަށް ގަބުލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓެލިޖެންސް މައުލޫމާތާއި ކޯލް ޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބުން ކަމަށެވެ.
އެކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހެކިތައް ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ.
ދިޔާނާ ވަނީ ފުލުހުންގެ ގާނޫނީ ޒިންމާއާ އަދި ސަރުކާރުގައި ޝާމިލުވާ އިދާރާއެއްގެ ހައިސިއްޔަތުން މުއައްސަސާއެއްގެ މައްޗަށް އޮތް ސުލޫކާއި އުސޫލު އަދާނުކުރެވި އޮތީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި މިކަމުގައި ކަމާގުޅޭ ވަޒީރެއްގެ ބަސް ރައްޔިތުންނާއި ހަމައަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި މީހުންގެ ތެރެއިން މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދަކީ މީގެކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލާގައިވެސް މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ ނަމެކެވެ. ރިޟްވާން މަރާލާފައި ވަނީ ވެސް ހަރުކަށި ފިކުރުގެ ޖަމާއަތަށް ނިސްބަތްވާ ބަޔަކު ކަމަށާއި އެގޮތުން ރިޟްވާން މަރާލުމުގައި ހަރަކާތްތެރިވި ޖަމާއަތުގެ އިސް ލީޑަރުންގެ ގޮތުގައިވެސް ތިބީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ކަމަށްވެސް މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވެއެވެ.
ރައްޔިތުންނޭވެއެެވެ. ތިޔަބައި މީހުން ރުހުމާއި ވޯޓް ހޯދުމުގެ ހަތިޔާރަކަށް އަފްރާޝިމް އަދި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ ވާހަކަ ނުވިއްކައި ހޭވެރިކަން ގެނެސް ނިކަން ވިސްނުންތެރި މީހުންނަށް ވުން އެދެން، ސިޔާސީ މީހުންނަކީ ނިކަން ހަޑި ގޭމް ކުޅޭ ބައެއް.
މަރުކޮމިޝަނުން ސިޔާސީ ތަހުްޤީޤެއް ކޮށް ބަޔެއްގެ އަބުރު ނަގާލިއަސް ތިކަން ކުރީ ކާކުކަން ނޭނގޭ ހަމައެކަކުވެސް މި ދިވެހި ފަސްގަނޑުގައި ހުއްނާނެ ކަމަކަށް ނުބެލެވޭ އެމްޑީއެންގެ މައްސަލައިގައި ހުރިހާ ރުޅިއެއް އެ ބާލައިލީ ދީނީ މީހުނަށް ބަޔަކުދެކެ ރުޅިއަޔަސް ތީދެން ބޮޑުވަރެއް
ތޔައީ ކާކަށް އޮޅުވާލަން ދަމާ ހާސަރެއް.. ޢެހެރީ ލިޔެކިޔުން. ޑރ.އަފްރާޝިމު ފޯނުގެ މެސެޖްތައްވެސް. ޑރ.ޝަހީމަކީ އަފްރާޝިމުގެ ޒާތީ ދުޝްމަނެއްކަން ނޭނގި ކޮސްނުގޮވާ.. ޜިޕޯޓް ނެރުމުގެ ކުރިންވެސް ޝަހީމްގެ ބައިވެރިވުން އޮތްކަމަށް ގިނަބަޔަކު ޤަބޫލުކުރި..