މަރުވެފައި އޮތް މީހަކު ގެއެއްގެ ވައިގޮޅިން ފެނިއްޖެ ކަމަށް މޯލްޑިވްސް ޕޮލސިް ސާވިސް އިން ބުނެފިއެވެ. ފުލުހުން ބުނީ މިހާދިސާ ހިނގާފައި ވާކަމަށް ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10 ހާއިރު ކަމަށާ، ހާދިސާ ހިނގީ ގަލޮޅުގެ ގެއެއްގައި ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މަރުވެފައި އޮތީ ޒުވާނެއް ކަމަށާއި އޭނާ މަރުވެފައި އޮތީ އެ ގޭގެ 1 ވަނަ ފަންގެފިލާގައި ކަމަށެވެ.

ފުލުހުންނަށް އެމީހާގެ އަސްލު އަދި ދެނެގަނެވިފައި ނުވާ އިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މީހަކު މަރުވެފައި އޮންނަތާ ދުވަސްވެ ކުނިވަސް ދުވާކަމަށެވެ.

މި ފަހަކަށް އައިސް މަރުގެ ތަފާތު ހާދިސާތައް ހިނގާފައި ވާއިރު އިއްޔެ ވަނީ ޑިންގީއަކުން ކަނޑަށް ފުންމާލައިގެން މީހަކު މަރުވެފައެވެ. އަދި އޭގެ އެއްދުވަސް ކުރިން ހުޅުމާލެގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ކުންޖަކު ނިޔާވެފައިވާކަމަށްވެސް ފާހަގަ ކުރެވެއެވެ.

އޭގެ އިތުރުން، މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެސްޓް ހައުސެއްގައި އަންހެނަކު މަރުވެފައި އޮއްވާ މިދިޔަ މަހު 20 ވަނަ ދުވަހު ވެސް ވަނީ ފެނިފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި ވެސް މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ.