ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަކީ އެއްވެސް ގޮތެއް ފޮތެއް ނެތް މެންބަރެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސިފަ ކުރައްވައިފިއެވެ.
ޖާބިރު މިފަދައިން ސިފަ ކުރައްވީ ރޮޒައިނާ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާބިރު މިއަދު ރައްޔިތުން މަޖިލީހަށް ހަދިޔާ ކުރެއްވި ގަސްތަކުގެ ވާހަކަ 'ދުވާލު ދެދަޅަޔަށް ގޮވާފައި'، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވައިގެން 'ކޯޓަށް ދާން ބިރު ނުދައްކައިފިއްޔާ' ކިތަންމެހާވެސް ރަނގަޅު ކަމަށެވެ.
އެ ޓްވީޓަށް ރައްދު ދެއްވައި ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް ފަހު ރޮޒައިނާ ކެމްޕޭން ކުރެއްވީ ޖާބިރުގެ ބައްޕާފުޅު ހުސައިންފުޅުގެ ހަސަން ބާގިރުގެ ގެއިން ކަމަށެވެ.
"ހަސަން ބާގިރަކީ އަހަރެންގެ ބައްޕަ، ކެމްޕޭން ކުރީ އަހަރެމެންގެ ގޭތެރެއިން، ލަދެއް ނެތް،" ޖާބިރުގެ ޓްވީޓުގައި ވިދާޅުވިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ޖާބިރާއި ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި ދެބޭފުޅުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓު ސަރުކާރުން ހަދާފައި ވަނީ ލިބެންނެތް ފައިސާއެއް އަންނާނެ ކަމަށް ޖަހައިގެން ކަމަށާއި، "ވަގުންތަކެއްގެ އަތަށް" ރައްޔިތުންނާއި ވިޔަފާރިވެރިން އަތުން އިތުރު ޓެކްސްތައް ނަގައިގެން ފައިސާތަކެއް ދޭން އެއްބަސް ނުވެވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ރާއްޖޭގެ ކެބިނެޓުގައި ތިބި ގިނަ މީހުންނަކީ ވެސް އެމްއެމްޕީއާރުސީ އިން ވައްކަން ކޮށްފައި ތިބި މީހުން. ކިހިނެއްތޯ މި ބަޖެޓަށް އަޅުގަނޑުމެން އެޕްރޫވަލް ދޭނީ،" ޖާބިރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، ޖާބިރަށް އިޝާރާތް ކުރައްވައި، މަޖިލީހުގައި "ޑޯޕް ޓެސްޓް" ކުރަން މިހާރު ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެއްޗެކޭބުނާއިރަށް ތި ޖާބިރު އަތުން އެހެންނޫނިއްޔާ އޭނާގެ ބައްޕޮައަތުން އެހެންނޫނިއްޔާ އޭނާގެ މަންމަ އަތުން ފައިސާނަގާގެން ކެންޕޭނުކޮއްގެ މަޖިލީހަށް ނުވަތަ ވެރިކަމަށް އާދެވުނީ އޭ ޖާބިރު ކަލޭ ތިދައްކާވާހަކައަކީ ދޮގުވާކަކަން މިހާރު އެގޭ ތިފަދަ ވާހަކަ ނުދައްކާތި ކަލޭތީ ތިފެންވަރުގެ މީހެއްނޫން ކަލޭތީ ކާކު ލޮލީ ކަލޭގެ ހަޔާތްކޮބާ
މައުމޫނުގެ ވެރިކަމުގަ މަލޭގެ ދެސަރަހައްދުން ބޮޑު ދެގޯތި އަތުލާ ދެވަނަ ގެ ޢިމާރާތް ނިންމަންވެސް ބޭނުންވާ ތަނަކުން ބިމެއް ނަގައިގެން އެތަން ނިންމާފަވެސް އަނެއްބިން ސަރުކާރާ ހަވާލުނުކޮށް އެހެން އުޅެފަ، ރައްޔިތުންގެ ލާރިން މުއްސަނދިވެގެން ދެން މައުމޫނާ ދެކޮޅަށް ފަސާދައިގެ ވާހަކަ ދައްކާއެެއްޗެހި ކިއި ބަޔަކު އެހެން ކަމެއްކުރަން ލަދެއް އޮންނާނެބާ؟