ކީރިތި ޤުރުއާން ހިތުދަސްކުރި 16 ފަރާތަަކަށް ހާފިޒު ކަމުގެ ސަނަދު ދީފިއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްގެން "ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލާއި ހަދާނީ ލިޔުން" އެ ފަރާތްތަކަށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހާފިޒުކަމުގެ ސަނަދު ލިބުނު ފަރާތްތައް:

  1. އާސިޔަތު އާދަމް، ފެހިގެ/ ގއ. މާމެންދޫ
  2. ހަސަން އާހިލް، އިރުދޭމާގެ/ ތ. ގުރައިދޫ
  3. ޒޫނާ އިސްމައިލް، ގަސްކަރަ/ ކ. ގުޅި
  4. އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް، މއ. ރިހިރާޅު
  5. ސިބްއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް/ ފ. ނިލަންދޫ
  6. މުހައްމަދު ރަފާހު އަހުމަދު، މ. ބަބުކެޔޮގަސްދޮށުގެ
  7. މާޒިނާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ
  8. މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ/ ގއ. ގެމަނަފުށި
  9. އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ/ ޅ. ނައިފަރު
  10. އުރްޖުވާން މުހައްމަދު، މ. މެޑެލްމާގެ
  11. މުހައްމަދު ޒާއިން އަޝްރަފު، އާބަހާރުގެ/ ކ. ކާށިދޫ
  12. މާއިޝާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ
  13. ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް
  14. ފާތިމަތު ޝުއާއު ޝާހު، ދަފްތަރު ނަންބަރު 1519
  15. މަރިޔަމް ހުސެއިން، ޝެމްރޮކް/ ސ. ހިތަދޫ
  16. މޫސާ މާއިޝް މާޖިދު، މ. ޝޭޑީރެސްޓް ދެކުނުބައި

އެ ފަރާތްތަކުގެ ތެރެއިން އެންމެ ހަގު އުމުރުގައި ޤުރުއާން ހިތުދަސް ކޮށް ނިންމީ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ޤުރުއާން ހިތުދަސް ކުރީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. އޭގެ އިތުރުން އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް އުމުރުން އެންމެ 10 އަހަރުގައި ޤުރުއާން ހިތުދަސް ކުރި އިރު، އުރްޖުވާން މުހައްމަދު ޤުރުއާން ހިތުދަސް ކޮށް ނިންމީ އުމުރުން 11 އަހަރުގައެވެ.

މިރޭގެ ޖަލްސާގައި ޕްރެޒިޑެންޝަލް ސްކައުޓް ބެޖާއި، ބޭޑަން ޕަވަލް ބެޖް ހާސިލްކުރި ސްކައުޓުންނަށް މެޑެއްޔާއި، ހަނދާނީ ލިޔުން ވަނީ ދީފައެވެ. ހަމައެއާއެކު މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުންނާއި ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް މެޑެއްޔާއި، ހަނދާނީ ލިޔުން ވަނީ ދީފައެވެ.