ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ބުލްބުލް އަރާފާނެ ކަމަށްޓަކައި ބަންގްލަދޭޝްއިން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި ބަންގްލަދޭޝްގެ އައްސޭރި ފަށުގެ ސަރަހައްދުގެ އަސްކަރީ ޔުނިޓްތައް ވަނީ އެލާޓަށް ގެނެސްފައެވެ. އެގޮތުން ތޫފާނުގެ ސަބަބުން ހިނގާ ހާދިސާތަކާ ގުޅިގެން ހަރަކާތްތެރިވާނެ ޔުނިޓްތަކާ، އެހީތެރިކަން ފޯރުކޮށްދޭނެ ޔުނިޓްތައް އެލާޓަށް ގެނެސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ)އިން ބުނި ގޮތުގައި ތޫފާން ބުލްބުލްގެ ބާރު މިހާރު ދާނީ މަޑުވަމުންނެވެ. އަދި ތޫފާން ދަތުރުކުރަމުންދާނީ އިރުއުތުރު މިސްރާބުން ވެސްޓް ބެންގޯލްއާއި ބަންގްލަދޭޝް ހުރަސްކޮށް ކަމަށްވެސް އައިއެމްޑީއިންވަނީ ލަފާކޮށްފައެވެ.