މިދިޔަ ސެޕްޓެމްބަރު 20 ވީ ހުކުރު ދުވަހަކީ މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ދުވަހެކެވެ. އެ ދުވަހަށް ފަހު ފަޔާ ލޮރީގެ "ސައިރަން" އަޑަށް ހިތް ނުތަނަވަސް ވެފައިވާ ކިތަންމެ ދިވެހިންނެއް ތިބި އިރު އަލިފާނުގެ ހާދިސާއެކޭ ދުން އަރަނީ ބުނުމުން "ޕެނިކް" ވާ ދިވެހިންވެސް މަދެއް ނޫނެވެ.
މިއަދަކީ ވެސް ހުކުރު ދުވަހެކެވެ. މެންދުރު ފަސްވެގެން ދިޔައިރު ގޭގެ ބެލްކަންޏާ ގާތްްވެލުމުން ފެނުނީ އުސްކޮށް ހުރި އިމާރާތެއްގެ މަތިން ބޯކޮށް ދުންއަރަމުން ދިޔަ މަންޒަރެވެ. އެ މަންޒަރު ފެނި ހިތުގައި ބިރުވެރިކަމެއް އަށަގަތެވެ. ހެންވޭރުގައި ހިނިގި ބޮޑު އަލިފާނުގެ ހާދިސާ ހިނގި ބިރުވެރި ހުކުރު ދުވަސް އައިސް ލޯ ކުރި މައްޗަށް ހުއްޓުނު ކަހަލައެވެ. މީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހެންވޭރުގައި ހުރި އިމާރާތަކުން ދުން އަރާތަން ފެނުނު ދިވެއްސެއްގެ އިހްސާސްތެކެވެ.
"ދަ ޕްރެސް" އާ އޭނާގެ ވާހަކަ ހިއްސާކުރަމުން ބުނީ، ކަންބޮޑުވުން އެއްފަރާތަށް ދިޔައީ އެއީ އަލިފާނުގެ ހާދިސާއެއް ނޫން ކަމަށާއި އެއީ އެމްއެންޑީއެފުން ހިންގާ އެކްސަސައިޒެއް ކަން އެނގުނު ހިސާބުން ކަމަށެވެ.
އެމްއެންޑީއެފުން މިފަދަ އެކްސަސައިޒެއް ހިނގަމުންދާކަން ނޭނގި ތިންހެންވޭރު އެހިސާބުގައި ދިރިއުޅޭ ހަތަރު ފަރާތަކުން ވަނީ "ދަ ޕްރެސް" އަށް ގުޅާ އަދި މެސެކޖުވެސް ވަނީ ކޮށްފައެވެ. މިއީ ކުރިން ހެންވޭރު އަލިފާނުގެ ހާދިސާ ހިނނގި ސަރަހައްދުގައި ދިރިއުޅެމުންދާ އާއިލާތަކެވެ. އެމީހުންގެ ހިތުގެ ޝަކުވާތައް ބަންޑުންކޮށްލި އިރު އެއިން ކޮންމެ މީހެއްގެ ފަރާތުންވެސް ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އެންމެންވެސް ހީކުރީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނަގއިގެން އުޅޭނީ ކަމަށެވެ.
މަގުމަތިން އެ ސރަހައްދުން ދާ މީހުންވެސް އަހަމުން ދިޔައީ އެއް ސުވާލެކެވެ. އަލިފާނުގެ ހާދިސާއެއް އަނެއްކާ ހެންވޭރުގައި ހިނގީތޯ އަހަމުން ދިޔައިރު އެމީހުންށްވެސް މި ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ސިފައިން ކުރަމުންދާ ތަމްރީނު ޕްރޮގްރާމެއްކަން އެމްއެނޑީއެފުން ވަނީ އިއުލާނުކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ފާޔާ އެންޑް ރެސްކިއު ސާވިސުން "އެކްސަސައިޒް ޖައްރާފާ 2019" ގެ ފަރިތަކުރުން މިއަދު މެންދުރުފަހު 3:45 އިން ފެށިގެން ހެންވޭރު ދަނޑުކައިރީ މަޖީދީ މަގުގައި ހުންނަ ހ. ފޯވިންޑްސް ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށެވެ.
ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއަށް އެއްމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ވަގުތީ ބޯހިޔާވެހިކަމުގައި 141 މީހުން އެބަ ތިއްބެވެ. އެމީހުން ދިރިއުޅުނު ގެތައްވަނީ އަނދާ އަޅިއަށް ވެފައެވެ. ހާލުގައި ޖެހުނު މި މީހުންނަށް ޑިޒާސްޓާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް 1.1 މިލިއަން ރުފިޔާގެ ގެލުމެއް ލިބިފައިވާއިރު، ގޭގޭގެ އިމާރާތަށް ލިބުނު ގެއްލުމުގެ އެސެސްމެންޓްގައި 35 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ. ޑިޒާސްޓާއިން ބުނެފައިވަނީ، މުޅި ހާދިސާގައި ލިބުނު ގެއްލުން 36.1 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ނޫސްވެރިންވެސް މި އަށްވުރެ ޒިންމާދާރު ވާންވާނެ! ބޭއްވުމުގެ ކުރިން އިއުލާނު ކޮށްފައިވާ 2019 ވަނަ އަހަރުގެ ޖައްރާފާ އެކްސަސައިޒަކީ ކޮންމެ އަހަރަކު މި ދުވަސްވަރު ބާއްވަމުން އަންނަ އިވެންޓެއް.