ބަންގްލަދޭޝުން ރާއްޖެއަށް އައި އެ ގައުމުގެ މީހެއްގެ އަތުން 2339 ޕާޓީ ޕިލްސް އަތުލައިގެންފިއެވެ.

ކަސްޓަމްއިން ބުނީ، ބަންގްލަދޭޝުން ރާއްޖެއަށް އައި މީހެއްގެ ލަގެޖު ޗެކްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ މީހަކީ ބަގްލަދޭޝް ރައްޔިތެއް ކަމަށާއި އެއީ 28 އަހަރުގެ ފިރިހެނެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ގުޅަތައް ފެނިގެން ކަސްތަމްސްއިން ޓެސްޓު ކުރާ ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިންއަށް ޕޮސިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސުން ބުނެއެވެ. އޭނާގެ ލަގެޖުން ޖުމް 2339 އެމްފެޓަމިން ގުޅަ ފެނިފައިވާއިރު އެތަކެތީގެ މަގުމަތީގެ އަގަކީ 233،900 ރުފިޔާ ކަމަށް ކަސްޓަމްސުން މައުލޫމާތު ދެއެވެ.

އަދި މި މައްސަލައިގައި ޝާމިލުވާން ފަރާތާއި އަތުލައިގަނެވުނު ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ކަސްތަމްސުން ބުނެއެވެ.

ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ އިތުރުން ޕާޓީ ޕިލްސް ފަދަ މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅޭ ފަރާތްތައް ކަސްޓަމްސުން ހޯދާ މީގެ ކުރިންވެސް ވަނީ އަތުލައިގެންފައެވެ.