މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާ ކަމަށް ބުނި ދެ ފުލުހެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ދެ ފުލުހެއްގެ ސުލޫކީ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ ދެ ފުލުހުން މަސައްކަތް ކުރާ ޑީޕާޓްމަންޓްތަކުން އެ މައްސަލަ ބަލަމުން ދާ ކަމަށެވެ. މި ކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި މި ދެ ފުލުހުން ރައީސް ނަޝީދަކީ ފާޅުގައި އެމްޑީއެންއަށް ތާއިދުކުރައްވާ ބޭފުޅެއްކަމަށް ބުނެ ވާހަކަ ދައްކާފައި ވެއެވެ. އެ މީހުން އެ ވާހަކަ ދެއްކީ އިތުރު ފުލުހުންތަކެއް ތިއްބާ ފުލުހުންގެ މެސްރޫމްގައި ކަމަށް ވެސް ބައެއް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެތަނުގައި ތިބި ފުލުހުންގެ ތެރެއިން ފުލުހެއް ކަމަށް ވެސް އަޑުތައް އަންނަނީ ފެތުރެމުންނެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަައިގައި ވޭތުވެ ދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އެ ޖަމިއްޔާ އުވާލުަމށް އެކި ވަހަކަތައް މީހުން ވަނީ ދައްކާފައެވެ. ދީނީ އިލްމުވެރިންނާއި އިދިކޮޅު ކޯލިޝަނުންވެސް އަންނަނީ އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާއެވެ. ހަމައެފަދައިން ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމް ދީނަށްޓަކައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ހިނގާލުންތައް ބާއްވާ އިހުތިޖާޖުތައްވެސް ވަނީ ކޮށްފައެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލައިގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ޖަމިއްޔާ ވަނީ ސަސްޕެންކޮށްފައެވެ. ފުލުހުންނާއި ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ޔޫތު މިނިސްޓްރީން ބުނެފައިވަނީ އެ ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެ ރިޕޯޓުގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އައްނިއަކީ އެމްޑީއެންގެ ތަރުޖަމާނެއްގެ ބައި ކުޅެމުން އެމްޑީއެން ދިފާއު ކުރަމުން އައްނަ %100 އެކަމަށް ތާއީދުކުރާ މީހެއްކަން އޭނާގެ ބަސްމަގާއި ކަންކުރާގޮތުން ވަރަށްސާފު ކޮން އެނގޭ އައްނި އަކީ ހަމަ އަނދިރި އަނދިރީން
ނަޝީދު ވަނީ އެތައް ފަހަރެއްގެ މަތިން އެ "ލާދީނީ އެމްޑީއެން ދިފާއުކޮށް ވާހަކަ ދައްކާފަ، އޭނަ ބުނި އެ ރިޕޯޓުގައި މާ ބޮޑު މައްސަލަ އެއް ނެތް ކަމުގައި ، އެ ރިޕޯޓުގައި މަދީ ހަމައެކަނި ޙަމްދު ޞަލަވާތް ކަމުގައި،