މަޝްހޫރު އިންޓަނެޓް ވިޔަފާރި ރެޑިޓްގެ ކޯފައުންޑާ އެލެކްސީޒް އޮހާނިއަންއާއި އޭނާގެ އަނބިމީހާ އަދި ދުނިޔޭގެ އަންހެން ޓެނިސް ޗެމްޕިއަން ސެރީނާ ވިލިއަމްސް، ދިވެހިރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާކަން ހާމަކޮށްފިއެވެ.

ސެރީނާގެ އިންސްޓަގްރާމް އެކައުންޓްގައި ފޮޓޯއަކާއެކު އޭނާ ލިޔުނު ކެޕްޝަންގައި ބުނެފައިވަނީ އެދެމަފިރިން މިވަގުތު ޗުއްޓީ ހޭދަކުރަމުންދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ނުވަތަ އިތާފުށި ރިސޯޓުގައި ކަމަށެވެ.

ޕޫލެއްގެ ކައިރީގައި ކަނޑުގެ ހިތްގައިމު ކުލަތައްވެސް އަރާގޮތަށް ސީން ސެޓްކޮށްގެން ނަގާފައިވާ މި ފޮޓޯ އިންސްޓަގްރާމްގައި އާންމުކުރުމާއެކު އެ އެކައުންޓް ފޮލޯކުރަމުންދާ 11.8 މިލިއަން ފޭނުންގެ މެދުގައި އެ ފޮޓޯ ވަނީ ބޮޑު މަގުބޫލުކަމެއްވެސް ހޯދާފައެވެ. ފޮޓޯ ޕޯސްޓްކުރި ފުރަތަމަ 30 މިނެޓްގެ ތެރޭގައި އެކަނިވެސް 100000އަށްވުރެ ގިނަ ލައިކް ލިބުނުއިރު މިވަގުތު ކޮޅުގެ ތެރޭގައި 800 އެއްހާ ފޭނުން ވަނީ އުމުރުން 38 އަހަރުގެ ކުޅުންތެރިޔާއަށް އެކި ގޮތް ގޮތުން ތައުރީފުކޮށްފައެވެ.

https://www.instagram.com/p/B4fInVhHrbu/?utm_source=ig_web_copy_link

އެލެކްސީޒްއާއި ސެރީނާ ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.