ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިންގެ ބަޔަކާއި ގުޅިގެން ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅުންހުރި މީހުން މެރުމަށް ހުކުމްކުރި ނަމަވެސް އެ ހުކުމް ޖަލު ހުކުމަކަށް ބަދަލު ކުރެއްވީ، ފަހުން އަތުވެދާނެ ނުރައްކަލަކަށް ވިސްނަވާފައިވާ ކަމަށް އޭރު ރާއްޖޭގެ ވެރިިކަމުގައި ހުންނެވި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"އަވަސް" ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ އެ ފަހަރު ޝަރީއަތުން ނިންމީ ހަތަރު ދިވެހިންގެ މައްޗަށް މަރުގެ ހުުކުމް ކަމަށެވެ. އަދި 12 ބިދޭސީއަކަށް ވެސް މަރުގެ އަދަބު ދިނުމަށް ހުކުމްކުރި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 16 މީހުން މަރަން ޝަރީއަތުން ހުކުމް ކުރި ނަމަވެސް އެކަމާ ދޭތެރޭ އެމަނިކުފާނު ވަރަށް ވިސްނެވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ހުކުމް ލުއި ކުރުމުގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ބޭރު ގައުމެއްގެ ރައީސަކަށް ހިނގާދިޔަ ވާހަކަތައް ހިއްސާ ކުރެއްވުމުން ވަގުތުން އެމީހުން މެރުމަށް އެ ބޭފުޅަކު ވިދާޅުވި ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ ކަންތައްތައް ހުންނަނީ އެހެނެއް ނޫން. އަޅުގަނޑު ވިސްނީ ފަހަށް. އެއީ މިއަދު ކުރާ ކަމެއްގެ ނަތީޖާ މިއަދު ނުފެނި ހިނގައިދާނެ. އެކަމު މީގެ 10 އަހަރު ފަހުން 20 އަހަރު ފަހުން ފެނިދާނެ. އޭރުން ފެންނާނީ ކިހިނެތްތޯ؟ މިސާލެއް ދަންނަވަންޏާ، ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ދެވުނީ 1951 އަހަރު. [ރައީސް] މުހައްމަދު އަމީންގެ ވެރިކަމުގައި. އަދިވެސް މީހުން އެ ވާހަކަ ދައްކާ. އަދިވެސް ދައްކާ މިވެނި މީހަކު އެ އޮތީ [ރައީސް] މުހައްމަދު އަމީންގެ ވެރިކަމުގައި މަރާފައޭ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާގައި އިސްކޮށް އުޅުނު ދިވެހިންގެ އާއިލާތަކާއި އެމީހުންގެ ދަރިން ދުނިޔޭގައި މިއަދުވެސް ތިބޭނެ ކަމަށާ، އެ މީހުން (ހުކުމް އައި މީހުން) މެރިނަމަ، އެ އާއިލާތަކުން ހީކުރާނީ ކިހިނެއްތޯ އައްސަވާ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.
"އަދި ބޭރު ބަޔަކު މެރިނަމަ އެ މީހުންގެ އާއިލާތަކާ، ދެންތިބި މީހުންނާ، އަނެއްކާ ރާއްޖެއަށް ހަމަލާ ވެސް ދީފާނެ ދެއްތޯ؟ އެ ނުރައްކާތަކުން ސަލާމަތެއް ނުވެވޭނެ. އެހެންވީމަ މީހުން މަރައިގެން އެއީ ކަންކަން ހައްލު ކުރެވޭނެ ގޮތެއް ނޫން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި، ހިންގުމުގައި އަބްދުالله ލުތުފީއަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، އެކިވަރަށް ވާގިވެރިވެ ދިވެހި ގައުމަށް ޣައްދާރުވެ، ހިޔާނާތްތެރިވިއެވެ. ހާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ދިން މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހަކު ޒަހަމްވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިފައިންގެ 8 މީހަކު ހިމެނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސިފައިންގެ 18 މީހުން ހިމެނެއެވެ. މީގެ އިތުރުން ދުސްމިނުން ފިލައިގެން ދިއުމަށް ހައިޖެކްކުރި އާގުބޯޓު (ޕްރޮގްރެސްލައިޓް) ގައި މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީއަކުވެސް މި ހަމަލާގައިވަނީ މަރުވެފައެވެ.
ޢެކަލާނގެ ކަމަކަށް ނިޔާ ކަނޑައަޅުއްވާފައި އޮތް ކަމެއްގެ އެހުކުމަކީ އެއްމެ ރަނގަޅު ހުކުމް ނޫންކަމަށް ބުނަން މައުމޫނަކީ ކާކު
މައުމޫނަށް ޙީވޭތަ އެއީ ކަމަށް ހައްލަކީ .މަގުމަގީ މީހުންމެރީމަވެސް މަރައިލިމީހާގެ އާއިލާގެ މީހުން އެމީހަކު މަރައިނުލެވިގެނެއްނޫނޭ .ހައްގު ހޯަދަން ކޯޓުތަކަށް ދިއައިމަ އިންސާފު ނުލިބި މަރުގެގެ ދިއަވެސް ނުހޯދި ސަލާމަތްވަނީ .އެއީ ކިހާހިތްދަތިވާނެކަމެއް.
ތިމާ ހެއްދެވި ފަރާތަށްވުރެ ބޮޑަށް ކާފަރުންދެކެ ބިރުގަންނަ ކޮންމެ މީހަކަށް ވާހަކަ ދެއްކޭނީ ތިގޮތަށް
ތިކަލޭގެ ހީކުރީ އެމީހުން ނުމެރީމަ ތާއަބަދަށް ވެރިކަމުގަ ހުރެވޭނެ ކަމަށްށޯ
ވެދާނެ ކަންތަށް ބައިވަރު އެހެނަސް ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ މިއުއަމަތުގެ ކައުސާހިބާ މެދުވެރިކޮށް ބާއްވާ ލައްވަވާފައިވާ ހުކޫމަތް ތައްފީޒު ނުކުރުމުމަށް ދައްކާ ބަހަނާގެ ސަބަބުން ދެންވާނީ ކިހިނެއްބާ!
ނުމެރީމަ ގޯހަކީ، މިއަދު ބަލާބަލަ. އެ ގައްދާރު ލުތުފީ އެ އުރީ ފިނިފެންމަލުގެ ދާނެއްގައި. މިހާރު ވެރިކަމުގަ ހުރި މީހާގެ ބަފާ ކަލޭގެއާ، ކެނެރީ އާއިލާއާ ލުތުފީއާ މީ ހަމަ އެއް ބައެއް. ދުވަސްކޮޅަކުން ލުތުފީއަކީ ކުށެއް ނުކުރާ މީހަކަށް ވާނީ.
މިހާރު އަޅުގަޑުމެން މިކިޔަނީ މައުމޫނު.، ޝަރީއަތުން ކުރި ހުުުކުމް ތަންްފީޒު ނުކުރި ވާހަކަ.