މީލާދީން 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ އަބްދުالله ލުތުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް)އާ ގުޅިގެން ދިން ހަމަލާއެކެވެ. އެ ޓެރަރިސްޓް ހަމަލާ ރާވައި، ހިންގުމުގައި އަބްދުالله ލުތުފީއަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، އެކިވަރަށް ވާގިވެރިވެ ދިވެހި ގައުމަށް ޣައްދާރުވެ، ހިޔާނާތްތެރިވިއެވެ. ހާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ދިން މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހަކު ޒަހަމްވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިފައިންގެ 8 މީހަކު ހިމެނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސިފައިންގެ 18 މީހުން ހިމެނެއެވެ. މީގެ އިތުރުން ދުސްމިނުން ފިލައިގެން ދިއުމަށް ހައިޖެކްކުރި އާގުބޯޓު (ޕްރޮގްރެސްލައިޓް) ގައި މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީއަކުވެސް މި ހަމަލާގައިވަނީ މަރުވެފައެވެ.
މި ހަމަލާއަށް މިއަދު މިވަނީ 31 އަހަރު ފުރިފައެވެ. ނަމަވެސް މި ހާދިސާއަކީ ދިވެހިންގެ ހިތްތަކުން ފުހެވިގެންދާނެ ހާދިސާއެއް ނޫނެވެ. މި ހާދިސާ ތަޖުރިބާކުރި އެތައް ބަޔަކު އަދިވެސް ﷲގެ ރަހުމަތުން ދުނިޔޭގައި އެބަ ތިއްބެވެ. އެމީހުންނަށް ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިނެއް ވެގެން ދަނީ ބިރުވެރި ދުވަހަކަށެވެ. ނިދިން މަހުރޫމުކޮށްލާ ހަނދާންތައް އާ ކޮށްދެއެވެ. އެދުވަހުގެ ހާދިސާތައް މީހުންގެ ދޫތަކުން ކިޔާދެމުން ދާއިރުވެސް ގައިން ހީބިހި ނަގައެވެ.
ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީސްމީހުންގެ ތެރޭގައި ހިމެނޭ އިސް މީސްމީހުން ތަހުގީގަށް ދީފައިވާ ބަޔާންތަކުން ސާބިތުވެ އެނގުނު މުހިންމު އެއް ކަމަކީ ވެރިކަން ބަދަލުކުރުމަށް އެމީހުން މަސައްކަތް ކުރި މައިގަނޑު ސަބަބަކީ އޭރުގެ ސަރުކާރުގެ ސިޔާސަތާ މެދު އެމީހުން ހިތްހަމަނުޖެހުމެވެ. ސަރުކާރުގެ ސިޔާސަތު ހުރި ގޮތުން އެމީހުންނަށާއި ރައްޔިތުންނަށް ދަތި، އުނދަގުލާ ކުރިމަތިލާން ޖެހުމެވެ. ގާނޫނުތަކާއި ގަވައިދުތައް ހެދިފައި ހުރި ގޮތުން ވިޔަފާރީގެ ރޮނގުން އެ މީހުން ބޭނުން ގޮތަކަށް އެމީހުންނަށް ކުރިއަށްދާން ދަތިވުމެވެ. އެމީހުންގެ ނަޒަރުގައި އެކަމުގެ ހައްލަކީ ވެރިކަން ބަދަލުކުރުމެވެ. ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުން ޝަހީދުކޮށްލައިގެން ވިޔަސް ވަރިހަމަ އެވެ.
ސިޔާސީ ގޮތުން އުފެދުނު ރުޅިވެރިކަމެއްގެ ތެރެއިން ބަޣާވާތަކުން ގައުމުގައި އޭރު އޮތް ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެގެން ދިޔައީ މި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރީންތަކެއް ކުރި ވަރުގަދަ ޖިހާދުންނެވެ.
މި ހާދިސާގެ ހަގީގީ ބާޣީންގެ ތެރޭގައި ހިމެނޭ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާ ސަގަރު އަހުމަދު ނާސިރަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ލުތުފީ މެރުމަށް ހުކުމް ކުރިއެވެ. އެހެންނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރެއްވިއެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ބުނަނީ 25 އަހަރު ދުވަހެވެ. ނާސިރު 25 އަހަރު ދުވަހުގެ ޖަލު ހުކުމް ހަމަކުރުމަށް ފަހު އޭނާ ވަނީ މިނިވަންވެފައެވެ. އެހެންނަމަވެސް ލުތުފީ އަދި ހުރީ ޖަލުގައެވެ. އޭނާ ޖަލުގައި ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ބޭސްފަރުވާއަކަށް ފޮނުވާލުމުން ފިލައިގެން އުޅުމުންނެވެ. އޭނާ ހައްޔަރުކޮށްގެން އަލުން އަނބުރާ ރާއްޖެ ގެނައީ މިއަހަރުގެ މެދު ތެރޭގައެވެ.
މި މީހުން ޖަލަށްލާ އަދަބު ދިންއިރު ލުތުފީ ބުނަމުން ދިޔައީ އޭނާއަށް ހުކުމް އިއްވީ އޭނާއަށް ބިރު ދައްކައިގެން މުޖުބޫރުން ހޯދާފައިވާ ތަހުގީގު ބަޔާނަކަށް ބިނާކޮށް ކަމަށެވެ. ދެއްކި ބިރެއް ކުރި މަޖުބޫރެއް ބުނެއެއް ނުދެއެވެ. ކޮންމެއަކަސް މި މައްސަލާގައި ލުތުފީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް މައްސަލައެއް ވެސް ހުށަހަޅާފައި ވާކަން ވަނީ އެނގިފައެވެ. އެ މައްސަލަ ލުތުފީ ހުށަހެޅީ 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޓޯޗާ ގާނޫނުގެ ދަށުންނެވެ.
އެންޓި ޓޯޗާ ގާނޫނު ބުނަނީ ކީކޭ؟
އެންޓި ޓޯޗާ ގާނޫނަކީ، ދިވެހިރާއްޖޭގައި ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި، އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެކެވެ.
އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ޓޯޗާއިން މިނިވަންވެގެންވުން އެއީ، ދިވެހިރާއްޖޭގައި ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ މުތުލަގު ހައްގެއް ކަމާއި، އިންސާނީ ކަރާމާތަށް ހުރިހާ ހާލަތެއްގައި ވެސް ހަމަ އެންމެންމެ އިހުތިރާމް ކުރަންޖެހޭނެކަމާއި، އެ އިންސާނީ ކަރާމާތަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާއި، ޓޯޗާގެ ކުށް އެއީ ދިވެހިރާއްޖޭގައި، އޭގެ ޒާތުގައި، ވަކި ކުށެއް ކަމަށް ކަނޑައެޅުމާއި އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ގާނޫނުގައި ޖިނާއީ އެހެން ކުށްކުށާއި ޖިނާއީ އެހެން ގާނޫނުތަކާއި މި ގާނޫނާ ހުރި ގުޅުން އެކަށައަޅައިދީފައިވެ އެވެ. އަދި ޓޯޗާކުރެވޭ ފަރާތްތަކަށް ލިބުނު ގެއްލުމުގެ އިންސާފުވެރި ބަދަލު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ވެސް މިޤާނޫނުގެ މަގުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަނަށް، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ގެ ދަށުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، މި ޤާނޫނުގެ ދަށުން ދިވެހި ރާއްޖޭގައި ޓޯޗާކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކުރުމާއި، މިގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ހުރިހާ ބާރު ކޮމިޝަނަށް މި ޤާނޫނުން ލިބިދެ އެވެ.
އަދި މި ގާނޫނާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ އެހެނިހެން ބައިނަލްއަޤްވާމީ މުއާހަދާތަކަށް އަމަލުކުރުމުގެ ބޭނުމަށްޓަކައި، ރާއްޖޭގައި ގާއިމުކުރެވޭ ނޭޝަނަލް ޕްރިވެންޓިވް މެކެނިޒަމްއަކީ، ކޮމިޝަން ކަމުގައި މި ގާނޫނުން ކަނޑައަޅައި، އެމަސްއޫލިއްޔަތު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ ހަވާލުކޮށްފަ އެވެ.
ލުތުފީ ހުށަހެޅި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ނިންމި!
އެންޓި ޓޯޗާ ގާނޫނަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިއަދު ބޭނުންކުރާ މުހިއްމު ގާނޫނެކެވެ. އެންޓި ޓޯޗާއާ ގުޅޭ ތަފާތު އެކި މައްސަލަތައް އެޗްއާރްސީއެމްއަށް ހުށަހެޅޭއިރު ރާއްޖޭގައި އެ ގާނޫނުގެ ދަށުން އެތައް ބަޔަކަށް ދައުވާ ކުރަމުން އާދެއެވެ.
އެނގިފައިވާ ގޮތުގައި ލުތުފީ އެޗްއާރްސީއެމްއަށް ހުށަހެޅި މައްސަލަ ބެލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ކޮމިޝަނުން އެގޮތަށް ނިންމީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން "ދަޕްރެސް" އިން އެ ކޮމިޝަނާ ސުވާލު ކުރުމުން ބުނީ ވަކިވަކި ފަރުދުން ހުށަހަޅާފައި ހުންނަ މައްސަލަތަކުގެ ތަފްސީލު ހާމަ ނުކުރާ ކަމަށެވެ.
އުފެދޭ ސުވާލަކީ އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ލުތުފީ މައްސަލަ ހުށަހެޅޭނެތޯއެވެ. އަދި އެ މައްސަލަ އެޗްއާރްސީއެމްއަށް ބެލިދާނެތޯއެވެ. ގާނޫނުގައި އެޗްއާރްސީއެމްއަށް އެމައްސަލަ ބެލުމަށް ފުރުސަތު އެބަ އޮތްތޯއެވެ.
ކަން މިހެން އޮތްނަމަވެސް ދިވެހިންގެ ތެރެއިން ގިނަބަޔަކު ނަސްރުގެ ދުވަސް ފާހަގަކުރަނީ ލުތުފީ އަދި ސަގަރު ނާސިރު ހިންގި ރަހުމުކުޑަ އެ އަމަލާ ދެކޮޅަށެވެ. މިއަދު އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނިވާފަތްގަނޑުގައި ބަޔަކަށް ހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތް ކުރިނަމަވެސް ދިވެހި ރައްޔިތުން ތިބީ ލުތުފީއަށް ހިޔާވަހިކަން ދޭ ގޮތަށް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެމީހުންނަށް ދިވެހި ރައްޔިތުން މައާފެއްވެސް ނުކުރާނެއެވެ.
އެންޓި ޓޯޗާ ގާނޫނުގެ ދަށުން ލުތުފީ ހުށަހެޅި މައްސަލަ އެޗްއާރްސީމެމްއިން ބަލައިފިނަމަ ދިވެހި އުއްމަތުގެ ހައްގުގައި ހަށި ފޮޅާލައި، ޝަހީދުވި އަބުތާލުންގެ ޖިހާދަށް ތައުހީން ކުރެވީކަމުގައި ނޫނީ ނުވާނެއެވެ.
މި ސަރުކާރުން ކިތަންމެ ހަޑިއެއް ހާވާނެ. އެއީ އެއް ބައެއް. އެ ގައްދާރު ލުތުފީ މާލެ ގެނައި އިރުވެސް ހީވީ ޕިކްނިކް ހަދާލަން ގެނައިހެން. ދެފަރާތުގަ ސެކިއުރިޓީ. ކެޕް އަޅާލާފައ އައިނި ދަތްދޮޅިއަށް ޖަހާލާފަ، ގަޔަށް ބާރު ޓީޝާތު ލައްވައިގެން. އެ ގައްދާރު ގެންނަން ޖެހެނީ ބިޑިއަޅުވައިގެން. އެކަމަކު ފިނިފެންމަލުގެ ދާނުގައި ގެނައީ.
ނާހަމަ ތެދެއްތަ. މިކަން ބެލިގެން ނުވާނެ. ހަމައެކަނި ޝަހީދުންނަށް ކުރާ މަލާމާތެއް ނޫން އަހަރެމެން އެންމެނަށް ވެސްކުރާ މަލާމާތެއް.
ލުތުފީ މިނިވަން ކުރާނެ މިސަރުކާރުން. އެކަމަކު ދިވެހިން އެކަން ބަލައެއް ނުގަންނާނެ. ހަނދާން ކުރާތި.
އެއި ބިރުވެރި ދުވަހެއް. ދިވެހިންނަށް ނަސްރު ލިބުމަކީ ލިބުނު ބޮޑު ނަސީބެއް
އެއީ އެ ބައިގަނޑު ރާއްޖެއާ ތޮޅެން ދިމާކުރި ފުރަތަމަ ފަހަރެއް ނޫން. އެކަން ވަނީ އެބައިގަނދުގެ ކަށީގައި ހިފާފަ. މިހާރުވެސް އެބައިގަނޑުގެ މަސައްކަތަކީ ވެރިކާ ތޮޅުން. އެމީހުން އެމީހުންނާ މިހާރު ތޮޅެނީ. ވެރިކަމުގައި ހުރި އިބޫ ވައްޓާލަން އެމީހުންގެ ތެރެއިން ރޭވުންތައް ރާވަނީ. މުގުލުގައި ހުރީ އަންނި. އެ ނުވާނެ ބަދަލެއް.
އިބޫގެ ވެރިކަން ވެއްޓޭނެ. މީހަކު ކަމެއް ނުކުރިއަސް އަމިއްލައަށްވެސް ވެއްޓޭނެ. އެއީ ވެރިކަން ކުރަން ދަންނަ މީހެއް ނޫން.
ތި މައްސަލަ މިހާރުގެ ސަރުކާރުން ބަލުވާނެ، ލުތުފީ ސަލާމަތް ކުރާނެ. އެއީ އެއްބައެއް. އެއް އާއިލާއެއް.