އެސްޓީއޯއިން އެތެރެކޮށްގެން ވިއްކާ ތެލުގެ އަގު ލާމަރުކަޒު ކުރެވެން ޖެހޭ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަރަންޓުގެ އަގު ހެޔޮ ކުރުމާ ބެހޭ ގަރާރަށް ބަހުސް ކުރައްވަމުން އަލީ ރިޒާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކަށް މި ގައުމު ބަދަލު ކުރަމުން ދާ އިރު، ހަމައެކަނި ގާނޫނީ ބާރު ކައުންސިލުތަކަށް ދީގެން ނުފުދޭނެ ކަމަށެވެ. އެސްޓީއޯއިން ތެޔޮ އެތެރެ ކުރާއިރު، އެކުންފުނިން ތެޔޮ ލާމަރުކަޒު ކުރެވެން ޖެހޭނެ ކަމަށާއި ތެޔޮ ވިއްކާ އަގުތައް ވެސް ލާމަރުކަޒު ކުރަންޖެހޭ ކަމަށް ރިޒާ ވިދާޅުވިއެވެ.

"ހއ. ހދ. ށ. ނ. ރ. ބ. މިހިސާބުގައި އެސްޓީއޯގެ ހަބެއް ހެދި ހަމައެކަނި ޑީސަލް އެތެރެކުރެވުނަސް އެތައްއެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ. ހަމައެކަނި ޓްރާންސްޕޯޓް ޗާޖުން އެކަނިވެސް. އޭގެ މާނައަކީ އެސްޓީއޯގެ ބޯޓުފަހަަރު އައިސް އެތަނަށް ގާތްކޮށް ޑީސަލް ފިލް ކުރީމަ ދެން އެހިސާބުގަނޑު ކައިރިއަށް ޑީސަލް ފޯރުކޮށްދިނުމަށްޓަކައި ހަރަދު ކުޑަކުރެވިގެން ދާނެ"
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ

ޑީސަލްއަށް ކުރާ ހަރަދު އުތުރުގެ ރަށްތަކަށް ބޮޑުވާ ސަަބަބު ހާމަކުރައްވަމުން ރިޒާ ވިދާޅުވީ، އެ ސަރަހައްދުގައި އެސްޓީއޯގެ ހަބެއް ގާއިމް ކުރެވި އެތަނުން ޑީސަލް ދޫކުރާ ގޮތަށް ހަމަަޖެއްސުމުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށެވެ. އެ ގޮތުން އެހަބަށް އެސްޓީއޯގެ ބޯޓު ފަހަަރުތައް ޑީސަލް އެޅީމައި އެހިސާބުގަނޑު ކައިރި ރަށްތަކަށް ޑީސަލް ފޯރުކޮށްދިނުމުގެ އަގު ކުޑަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން ރާއްޖޭގެ ސަރަަހައްދުތަކަކަށް ބަހާލައިގެން ކަމާ ގުޅުންހުރި އޮފީސްތައް ގާއިމު ކުރަން ބާރު އަޅުއްވަމުން ރިޒާ ވިދާޅުވީ، މާލެއިން ށ. އަތޮޅަށް ޑީސަލް ލީޓަރެއް ގެންދަން ހަމައެކަނި ޓްރާންސްޕޯޓް ޗާޖެއްގެ ގޮތުގައި 69 ލާރި ހަރަދު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަހެއްގެ މައްޗަށް ށ. އަތޮޅުގައި ބޭނުންކުރާ އިންޖީނުތަކަށް ޑީސަލް ގެންދިއުމަށް ގާތްގަނޑަކަށް 4 ލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދު ކުރަންޖެހޭ ކަމަށާއި އެހެން އެކަން ވުމުން ދައުލަތުން އެތައް ލައްކަ ރުފިޔާއެއް ހަރަދުވެގެން ދާ ކަން ރިޒާ ފާހަގަކުރެެއްވިއެވެ.

"މިއަދުގެ ހާލަތަކީ ހއ. ތުރާކުނު މީހާވެސް އައްޑޫ އަތޮޅު ހިތަދޫ މިހާވެސް ކާން ބޭނުންކުރާ އެންމެ ކުޑަމިނުން ކާޑުކޮޅު ހޯދަންވެސް އަންނަ ޖެހެނީ މާލެއަށް. ހަކުރު ބަސްތާއެއް ގަންނަން މާލެއަށް. ފުއްބަސްތާއެއް ގަންނަން މާލެއަށް. ތެޔޮ ލީޓަރެއް ގަންނަން މާލެއަށް. ފެންފުޅިއެއް ގަންނަން ވެސް މާލެއަށް. ގޭސްފުޅިއެއް ގަންނަންވެސް މާލެއަށް. ހަނޑޫ ގުދަން ހުރީ މާލޭގައި. ފުއް ގުދަން ހުރީ މާލޭގައި. ހަކުރު ގުދަން ހުރީ މާލޭގައި. ގޭސްގުދަންތައް މިހުރީ މާލޭގައި، މޫޅި މާލޭގައި އެއްފަޅި އެކީ ގުދަން މަރުކަޒު ކުރެވިފައި. މިކަން ބަދަލުވާނެ ދުވަހެއްވެސް އެބަޖެހޭ ފެންނަން."
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ

ހަމައެއާއެކު، ލާމަރުކަޒީ ވާހަކަ ދައްކަމުން ދާއިރު އަދި ލާމަރުކަޒީ އުސޫލުން އަގުހެޔޮ ކަރަންޓާއި އިޔާދަ ކުރަނިވި ހަކަތައާއި ބޯފެންވެސް އަދި ނަރުދަމާގެ ނިޒާމާއި އެހެން އިންތިޒާމުތައް ހަމަޖެހިގެން ދާއިރު މިއަދުގެ ހާލަތަށް ވިސްނާލަން ޖެހޭ ކަމަށް ރިޒާ ވިދާޅުވިއެވެ. ރިޒާ ވިދާޅުވީ، އުތުރާއި ދެކުނުންވެސް ކެއުން ބުއިމަށް ނުވަތަ ޒަރޫރީ ބޭނުންތަަކަށް އެއްޗެއް ބޭނުންވި ކަމުގައި ވިޔަސް އަންނަން ޖެހެނީ މާލެއަށް ކަަމަށެވެ. އެގޮތުން ފުށް، ހަނޑޫ، ހަކުރު، ތެޔޮ، ގޭސް، ބޯ ފެންވެސް ގަންނަން އަންނަން ޖެހެނީ މާލެއަށް ކަމަށާއި އެ ގުދަންތައް މާލެގާއި ހުރެ މާލޭގެ އެއްފަޅި އޮތީ ގުދަންތަކުން ފުރިފައި ކަމަށެވެ.

މާލެ ހުސްކުރާ ވަހާކައާއި މާލެއަށް ޖާގަ ބޭނުންވާ ވާހަކަ އަބަދާ އަބަދު ދައްކަމުން ދާއިރު، އެސްޓީއޯގެ ގުދަންތައް ވެސް ލާމަރުކަޒު ކުރެވެން ޖެހޭނެ ކަމަށް ރިޒާ ވިދާޅުވިއެވެ. ރާއްޖޭގެ