މެލޭޝިއާގައި ދިރިއުޅެމުންދާ އިންޑިއާގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކުގެ މައްސަލައާއި، ޖައްމު އާއި ކަޝްމީރުގެ މައްސަލާގައި، މެލޭޝިއާއާއި ތުރުކީވިލާތަށް އަމާޒުކޮށް، ވިޔަފާރީގެ ބައިވެރިންނަކީ ދޭދޭ ގުޅުންތައް ބަލައިގަންނަން ދަތިވެގެންވާނެ ބައެއް ނޫންކަމަށް ބުނެ އިންޑިޔާއިން ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އަޒަރުބައިޖާނުގެ ވެރިރަށް ބަކޫގައި ކުރިއަށްދިޔަ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ހަވާސާގައި، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވަނީ މެލޭޝިއާގެ ހާރިޖީ ވަޒީރު ސައިފުއްދީން ޢަބްދުﷲއާއި ބައްދަލުކުރައްވާ، ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ގިނަ މައްސަލަތަކަކާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންޑިއާއިން ހޯދަން ބޭނުންވެފައިވާ އެގައުމުގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކު، މެލޭޝިއާއަށް އަރުވާލެވިގެން ދިރިއުޅެމުންދާ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ޒާކިރު ނައިކުގެ މައްސަލާގައި މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދު ދެމުން އިންޑިއާއިން ވަނީ މިއީ ބަލައިގަނެނޭވެނެ ވާހަކަފުޅުތަކެއް ނޫންކަމަށް ބުނެފައެވެ. އަދި ޑރ މަހާތީރުގެ ވާހަކަފުޅުތަކަކީ ހަގީގަތުން އެއްކިބާވެފައިވާ ވާހަކަފުޅުތަކެއް ކަމަށްވެސް އިންޑިއާއިންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، މިމައްސަލާގައި މެލޭޝިއާއިން ނަގާފައިވާ ސްޓޭންޑް އެގައުމުން މުރާޖައާ ކުރާނެ ކަމަށް އިންޑިއާއިން އުއްމީދުކުރާކަންވެސް އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު، ކަޝްމީރުގެ މައްސަލާގައި މެލޭޝިއާއިން ޕާކިސްތާނު ކޮޅަށް ބުރަވަމުންދާ މައްސަލާގައި އިންޑިއާއާއި މެލޭޝިއާގެ ވިޔަފާރީގެ ގުޅުންތަކަށް ހިސާބެއްގެ ހީނަރުކަމެއް އަންނަމުންދާކަމަށް މުރާސިލުން ބުނެއެވެ. ކަޝްމީރުގެ މައްސަލާގައި ޑރ މަހާތީރު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން، މެލޭޝިއާއިން އިންޑިޔާއަށް އެތެރެކުރާ ޕާމް އޮއިލްގެ މިންވަރު ވަނީ މަދުކޮށްފައެވެ. މެލޭޝިޔާއާއި އިންޑިއާގެ ވިޔަފާރީގެ އަގު، ގާތްގަނޑަކަށް 17.24 ބިލިއަން ޑޮލަރަށް އަރައެވެ.

މެލޭޝިއާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދޮށީ މެމްމަބަރަކީ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު،94. އެންމެ ހަގު ވަޒީރަކީ އުމުރުފުޅުން 26 އަހަރުގެ ކުޅިވަރާ ބެހޭ ވަޒީޜު (ކަނާތް ފަރާތް ރީނދޫ ކުރުތާ) ސައީދު ސޯދިގު ޢަބްދުއްރަޙުމާން/ފޮޓޯ: ލައ

ތުރުކީވިލާތާ ގުޅިގެންވެސް އިންޑިޔާއިން ދެއްކީ މިފަދަ ވާހަކަތަކެކެވެ. އެގޮތުން ތުރުކީވިލާތުގެ ވާހަކަތަކަކީވެސް ހަގީގަތުން އެއްކިބާފައިވެފައިވާ ވާހަކަތަކެއް ކަމަށް އިންޑިޔާއިން ތުހުމަތުކުރެއެވެ. އަދި މިކަމުގައި އިންޑިޔާގެ ފިކުރު ހުރި ގޮތް ތުރުކީވިލާތަށް އަންގައިދީފައިވާކަމަށްވެސް އިންޑިޔާ ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު، އިންޑިޔާއިންވަނީ ތުރުކީވިލާތަށް ދަތުރުކުރާ އިންޑިއާގެ ފަތުރުވެރިންނަށް އަމާޒުކޮށް ތުރުކީވިލާތަށް ދަތުރުކުރުމާ ގުޅުންހުރި ޓްރެވެލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.