މ. ނަލަހިޔާ މަންޒިން މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބަނގްލަދޭޝް ކުއްޖަކު ނިޔާވި މައްސަލައިގައި ކުރިއަށް ދިޔަ ދައުވާ ޑަބްލިޔު ކޮންސްޓްރަކްޝަންގެ އެމްޑީ ފިޔަވާ އެންމެންގެ މައްޗަށް ސާބިތުވެ ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ޑަބްލިޔު ކޮންސްޓްރަކުޝަންގެ އެމްޑީ ފިޔަވާ ދެން ދައުވާފައި ހިމެނޭ 5 މީހުނަށް ވަނީ ހުކުމް ކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ ދިވެހި ސްޕަވައިޒަރުގެ މައްޗަށް މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ސާބިތުވެ 100،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. ބާކީ ތިބި ބިދެސީންގެ ތެރެއިން ދެ ބިދޭސީއަކު 7000 ރުފިޔާއިން ޖޫރިމަނާކޮށް ދެ ބިދޭސީއްގެ ތެރެއިން އެކަކު 6 އަހަރަށް އަދި އަނެކަކު 3 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.

ޖިއާން މަރުވި ހާދިސާގައި ދައުވާ ކުރީ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީ އަކަށާއި ދެ ދިވެހިންނަށެވެ. ބިދޭސީންނަކީ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދެވެ. ދިވެހިންނަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންއެވެ.