މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބޭރުން ދެމެންބަރެއްގެ ދެމެދުގައި ހިނގި ސަމާސާއެއް ވިހަވެ ހަމަނުޖެހުން ހިނގައިފިއެވެ. ޖަލްސާގެ ބޭރުން ހަމަނުޖެހުން ހިނގީ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާ ދެމެދުގައެވެ.

https://web.facebook.com/370323626484752/videos/2170538176386141/

މަޖިލީހުގައި އެވަގުތު ބައެއް މެންބަރުން ތިއްބެވި އިރު ހިނގި އެ ހަމަނުޖެހުމުގައި އިބްރާހިމް ޝަރީފު ގާސިމާ ދިމާއަށް "ސޭޓޫ" އޭ ވިދާޅުވާން ފެށުމުން ގާސިމް އަތް ހޫރާލެއްވީ ކަމަށް އެނގިފައިވެއެވެ. އަދި އަތް ހޫރާލެއްވި ވަގުތު އިބްރާހިމް ޝަރީފުގެ އިސްތަށިފުޅުގައި ޖެހި ބޮލަށް އެނބުރުން އެރީކަމަށް ވަނީ އެނގިފައެވެ.

މިމައްސަލައާ ގުޅިގެން ގާސިމާ ހަވާލާ ދެއްވާ ބައެއް މެންބަރުން ވިދާޅުވީ، އަތް ހޫރާލެއްވި ވަގުތު އިބްރާހިމް ޝަރީފުގެ އިސްތަށިފުޅުގައި ގޮސް ޖެހިލީ ކަމަށާ، ނުޖައްސަވާ ކަމަށެވެ. އަދި އިބްރާހިމް ޝަރީފަށް އެނބުރުން އެރީ ލޭ މައްޗަށް ދާތީ ކަމަށް ގާސިމާ ހަވާލާދީ އެ މެންބަރުން ބުނެފައިވެއެވެ.

މިހާދިސާއާ ގުޅިގެން އިބްރާހިމް ޝަރީފު އަދި ގާސިމުގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.