ރާއްޖޭގެ ދާހިލީ ކަންކަމަށް ޝަހީމް ފާޑުވިދާޅުވާ ކަަމަށް ބުނެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ޝަހީމް ގެންދަވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މި ދިޔަ ބުރާސްފަތި ދުވަހު ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ސިޓީއަކުން އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މަޖިލީހަށް އާޒިމް ފޮނުއްވި ސިޓީގައި ވަނީ ޝަހީމް ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ވިދާޅުވަނީ އޯއައިސީގެ ސެކްޓްރީ ޖެނަރަލްގެ ވިދާޅުވުމަކަށްތޯ ބައްލަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިކަމާ ގުޅިގެން ޝަހީމް ވިދާޅުވީ، ކޮންމެ މަގާމެއްގައި ހުއްޓަސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަންޖެހޭ ވާހަކަ ދެއްކޭނެ ކަމަށެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ކުށްވެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަންޖެހޭ ކަމެއް ކަމަށާއި މަޖިލީހުން މީހުންނަށް ބިރުދައްކަން އުޅޭކަމަށް ވިދާޅުވެ ޝަހީމް ވަނީ ރައްދު ދެއަވާފައެވެ.
މީގެ އިތުރުން ޝާހީމް ވަނީ މަޖީލީހަށް އާޒިމް ސިޓީއެއް ފޮނުއްވާފައިވަނީ ކޮން މަގްސަދެއްގައި ތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.
އެ ސިޓީ ވަނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަން އެ ކޮމެޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލަ ބެއްލެވުމަށްފަހު ކޮމެޓީން ދެކޭ ގޮތް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް މުގައްރިރާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ދާޙިލީ ކަންތަކާ ބޭރުގެ ޔަހޫދީން ފާޑުކިޔަސް އެއީމާބޮޑުކަމެއްނޫންދޯ ބަލަޝަހީމް އެއީ ދިވެއްސެކޭ އެބޭފުޅާގެވެސް ގައުމޭމީ މޮޔަވީތޯ
ޑރ. ޝަހީދު ޔޫއެން ވަޒީފާގަ ހުރެގެން ކުރާކަންތައްތައް މަޖްލިސްއަށް ނުބެލޭދޯ؟ ޑރ. ޝަހީމް އަށް ބިރުދެއްކިޔަސް ބިރެއް ނުގަންނާނެ. ތިމައްސަލަ ބަލާއިރު ލައިވް ކުރާކަށްވެސް ނުކެރޭނެ. މަޖްލިސްއިން މަގުމަތި ކުނިކަހާމީހުން ފިހިގަޑުގަ ހިފާގޮތް ބަލާ އެމީހުންނަށް ބިރުދެއްކީމަ ބިރުގަނެފާނެ އޭރުން އެމްޑީޕީ މެމްބަރުން އުފާވާނެ.